މަގޫ ސްޓާރ ރޮއްވާލުމަށްފަހު އިރުމަތީ ލަވާސް ޗެމްޕިއަންކަން ހޯދައިފި

39997226_10215523504113834_760426098650513408_n.jpg

އިރުމަަތީ ލަވާސް ޗެމްޕިއަން ޓްރޮފީއާއެކު

ޖެހިޖެހިގެން ދެފަހަރު ތަށި ހޯދުމަށްފަހު ތިންވަނަ ފަހަރު ތަށި ހޯދައި މިލްކްކުރުމަށް ނުކުތް މަގޫ ސްޓާރ ބަލިކޮށް “ޑައުންޓައުން ވުމެންސް ފުޓްސަލް ފިއެސްޓާ “ގެ ތަށި އިރުމަތީ ލަވާސް ހޯދައިފިއެވެ.

އޭަދަފުށީ ކްލަބް ޑައުން ޓައުންގެ ފަރާތުން މީގެ ތިން އަހަރު ކުރިން ކޮންމެ އަޟްހާ އީދަކު ބާއްވަމުން އަންނަ މި މުބާރާތުގެ މި އަހަރުގެ ޗެމްޕިއަންކަން އިރުމަތީ ލަވާސް ހޯދާފައިވަނީ ރޭ ފައިނަލުގައި މަގޫ ސްޓާރ އާ ބައްދަލު ކޮށް 3-4 ގެ ނަތީޖާއިންނެވެ.

މި މުބާރާތުގައި ވަނީ ފުޓްސަލްގެ ރޮނގުން މަޝްހޫރު މާލޭގެ ކުޅުންތެރިންގެ އިތުރުން މެލޭޝިޔާ ކުޅުން ތެރިންވެސް ބައިވެރިވެ އެމީހުންގެ މޮޅު ހުނަރު ތައްވެސް ދައްކުވައިދީފައެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުން ތެރިޔާ ފަދުވާ ވެސް ވަނީ މި މުބާރާތުގައި ބައިވެރިވި މަގޫސްޓާރ ތަމްސީލު ކޮށްދީފައެވެ.

ވަރަށް ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ދިޔާ ރޭގެ މެޗު ބެލުމަށް ގިނަ އަދަދެއްގެ މީހުން ވަނީ ހާޒިރު ވެފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އިރުމަތި ލަވާރސްގެ ކީޕަރ މަރިޔަމް ލީޝާ، ފާތިމަތު އަލްމާ އަލީ އަދި މަގޫ ސްޓާ ޓީމުގެ އައިމިނަތު އަޒީމާ، މަސްޓުރަ ބިންޓީ މާޖިދު އަދި ސިޓި އަސްނިދަ ބިންޓީ ޒަމްރީއެވެ. އެންމެ މޮޅު ކޯޗަކީ އިރުމަތި ލަވާސްގެ ކޯޗު މުހައްމަދު ރަޝީދެެވެ.

ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ނައިބް ރައީސް އައިޝަތު ނާޒިމާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top