ހުޅަނގު މޫސުމުގެ ބާރު ގަދަވެއްޖެ. ކުރިއަށް އޮތް ތިން ދުވަސް ވިއްސާރަ!

DSCN9363.jpg

މޫސުން ގޯސް ދުވަހެއް--އީވީ ފޮޓޯ

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މިރެއިން ފެށިގެން ހަފްތާ ބަންދާއެކު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި އާންމު ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށާއިރު ގިނަ ބަޔަކު ރަށްރަށަށް ދަތުރު ކުރާނެތީ، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top