ނާސްތާ ޕްރޮގްރާމް މެދުކަނޑާލިކަން ނަޝީދަކަށް ނޭނގުނު .

big_eFH7tWCO17ZS8G7cyA27LoOHN.jpg

ކޮވިޑުގެ ހާލަތާ ގުޅިގެން ސްކޫލަތައް ބަންދު ކުރުމަށް ފަހު އާ އާއްމު ހާލަތުގައި އަލުން ސްކޫލްތައް ހުޅުވިއިރުވެސް ނާސްތާ ޕްރޮގްރާމު ކުރިއަށްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 169 ވަނަ ބައްދަލުވުމުގައި ރައީސް ނަޝީދު އެހެން ވިދާޅުވި ނަމަވެސް އާ އާއްމު ހާލަތުގައި ސްކޫލްތައް އަލުން ހުޅުވިއިރު ނާސްތާ ޕްރޮގްރާމު ވަނީ މެދުކަނޑާލައިފައެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ މިހާރު ވެސް 94000 ދަރިވަރުން ދުވަސް ފަށަނީ ނާސްތާ ޕްރޮގްރާމުން ކަމަށެވެ.

“ކޮންމެ ދުވަހަކު ހެނދުނު ކޮވިޑްގެ ފަހުންވެސް އަޅުގަނޑުމެންގެ އެންމެންގެ ދަރިވަރުން، 94،000 ކުދިން މަދަރުސާއަށް ގޮސް އެ ފަށަނީ ހެދުނުގެ ނާސްތާއާ އެކުގައި.” ނަޝީދު ވިދާޅުވިއެވެ.

ސުކޫލްތައް ހުޅުވުމުގެ ކުރިން އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިދުވަސްވަރަށް ނާސްތާ ޕްރޮގްރާމް މެދުކަނޑާލުމުން ސުކޫލަށް ދަރިވަރުން ދާއިރު ގެއިން ރަނގަޅަށް ނާސްތާ ކޮށްގެން ދިއުން މުހިންމު ކަމަށާއި ސްކޫލަށް ދާއިރު ދަރިވަރުން އަމިއްލަ ފެންފުޅި ވެސް ގެންދަން އެދި ވަޑައިގަންނަވާ ކަމަށެވެ.

ސުކޫލްތައް އަލުން ހުޅުވުމުން ބައެއްް ސުކޫލްތަކުން ދަރިވަރުންނަށް ވަނީ ކިރުޕެކެޓެއް ދީފައެވެ. ނަމަވެސް އެއީ މުއްދަތު ހަމަވާން ކައިރިވެފައިވާ އެއްޗެއްސަށްވާތީ ޓީޗަރުންނާއި ބެލެނިވެރިން އެކަމަށް ސޯޝަލް މީޑިއާގައި ފާޑުކިޔަން ފެށުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންނަށް އެ ޕެކެޓްތައް ނުދިނުމަށް އަންގާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top