ބަންގާޅު ލޭބަރުން ގެންނަން އަލުން ހުއްދަ ދީފި

Bangladeshis-regularisation-.jpg

ބަންގާޅު ލޭބަރުން ރާއްޖެ ގެނައުމަށް އަލުން ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ހުއްދަ ދޭން ފެށުމާއެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައި ނުވާ ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލާފައިވާ ކަމަށެވެ.

އެކަމަކު މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބަންގާޅު ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެ މުއްދަތު ދިޔައީ އިތުރު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top