އޯލެވެލްއިމްތިހާނުން މިދިޔައަހަރު ގަދަދިހައަކަށް ބ.އަތޮޅުތައުލީމީމަރުކަޒުގެ އަށްދަރިވަރުން

2014 ވަނަ އަހަރު ޖީސީއީ އޯލެވެލްއިމްތިހާނުގެ ގަދަ10ގައި ހިމެނުނު ބއތމ.ގެ 8 ދަރިވަރުން  .ސްކޫލްގެ ޕްރިންސިޕަލާ  ލީޑިންގ ޓީޗަރއާއެކު   ފޮޓޯ ހަރުޝާ

2014 ވަނަ އަހަރު ޖީސީއީ އޯލެވެލްއިމްތިހާނުގެ ގަދަ10ގައި ހިމެނުނު ބއތމ.ގެ 8 ދަރިވަރުން .ސްކޫލްގެ ޕްރިންސިޕަލާ ލީޑިންގ ޓީޗަރއާއެކު ފޮޓޯ ހަރުޝާ

ވޭތުވެދިޔަ އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަދިހައެއްގެ ގޮތުގައި ހޮވުނު 207ކުދިންގެ ތެރޭގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އަށްދަރިވަރަކު ހިމެނިއްޖެއެވެ.

އަށް ދަރިވަރުންގެތެރޭގައި ހިމެނޭ ހިމެނޭ ނަޝާދު އަބްދުލްވާހިދު، ހަނދުވަރު ބ.އޭދަފުށި ގިންތި ކުރެވިފައިވަނީ މުޅިރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދިކުދިންގެ ތެރެއިން އެއްވަނައިގައެވެ.

ނަޝާދުއާއެކު ދެން ގަދަދިހައެއްގެތެރޭގައި ހިމެނެނީ

2ވަނަ އަހްނަފް އިބްރާހީމް. މަތިހާ ބ.އޭދަފުށި
2ވަނަ ފާތުމަތު އިރުތިޝާ. ގޮއިދޫ
4ވަނަ އަހްމަދު އަރީން. ގޯލްޑަންރީފް އޭދަފުށި
4ވަނަ އައިޝަތު ނަފްހަތު. ދޭދަރުގެ އޭދަފުށި
6ވަނަ މުހައްމަދު އަނޫފް. ކަނދޮޅުމާގެ އޭދަފުށި
6ވަނަ ޒާއިން ސަމީރު. ވެލިވަރު އޭދަފުށި
9ވަނަ އުނައިސް ޒުބޭރު .ބާޒީ އޭދަފުށި

ކެބިނެޓްގެ ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވި މި ރަސްމިއްޔާތު އޮތީ ރޭ ދަރުބާރުގޭގައެވެ.

ބ.އަތޮޅުތައުލީމީމަރުކަޒުގެ އިތުރުން ބ. އަތޮޅުގެ އެހެން ސްކޫލްތަކުންވެސް މިއިމްތިހާނުގައިވަނީ ފާހަގަ ކޮށްލެވޭ ކާމިޔާބުތަކެއް ހޯދާފައެވެ.

ގަދަ 10ގައި ހިމެނުނު ބ.އަތޮޅުތައުލީމީމަޒުކަޒުގެ ދަރިވަރެއްކަމުގައިވާ މުހައްމަދު އަހްނަފްގެ ކާމިޔާބާމެދު ކުރެވޭ އިހްސާސްތަކަކީ ކޮބައިތޯއަހާލުމުން އަހްނަފްބުނީ ” އެންމެއުފާވީ މަންމަ އުފާވާނެތީކަމުގައާއި ގަދަ10ގައި ހިމެނުމަކީ އޭރުވެސް މަންމަކުރި އުންމީދެއްކަމުގައެވެ. އެކަމަކު މަންމަގެ ޕްލޭނާ އެއްގޮތަށް މަސައްކަތްކުރެވުނުނަމަ މިއަށްވުރެ ރަނގަޅު ވަނައެއް ލިބޭނެކަމަށާއި މި ކާމިޔާބާމެދުވެސް ހިތްހަމަޖެހޭކަމުގައެވެ. ”

ބ.އަތޮޅުތައުލީމީ މަރުކަޒުން މިދިޔައަހަރު އޯލެވެލްގައި ބައިވެރިކުރިކުދިން ހޯދިނަތީޖާއަކީ 2013 އަށްވުރެ ދަށް ނަތީޖާއެކެވެ. 2013 ގައި އޯލެވެލްގެ ގަދަ10ގައި މަރުކަޒުގެ 14 ކުއްޖަކު ހިމެނުނުއިރު އޭގެތެރެއިން ދެކުދިން ރާއްޖޭގެ އެއްވަނައިގެ ގޮތުގައި ހޮވުނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top