އަންނަ މަހު އެސްޓްރާޒެނެކާގެ 5 ލައްކަ ޑޯޒުް ލިބޭނެ: ރައީސް

293880_3_5e207ae38b72f8b599c5b847b9aba0ad368fa4cb_large.jpg

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ނަރުހަކު ވެކްސިން ދިނުމަށް ތައްޔާރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

އަންނަ ޖުލައިމަހު އެސްޓްރާޒެނެކާ ވެކްސިންގެ ފަސް ލައްކަ ޑޯޒު ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އެކުންފުންޏާއި އެކު މިއަދު ބައްދަލުވުމެއް ބޭއްވުނު ކަމަށާއި ޖުލައި މަހުގެ ތެރޭގައި ވެކްސިންގެ ފަސް ލައްކަ ޑޯޒު ރާއްޖެއަށް ގެނެވޭނެ ކަމުގެ ޔަގީންކަން ކުންފުނިން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ވެކްސިން ޖެހުން ކަމަށާއި އެގޮތުން މިހާތަނަށް އާބާދީގެ 70 އިންސައްތަ މީހުންނަށް ފުރަތަމަ ޑޯޒް އަދި 39 އިންސައްތަ މީހުންނަށް ދެވަނަ ޑޯޒް ޖެހިފައިވާ ކަމަށެވެ.

މިވެކްސިންގެ އިތުރުން ރަޝިއާގެ ވެކްސިން ކަމަށްވާ ސްޕުޓްނިިކް ވީ ރާއްޖެއަށް ގެނައުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ސޮއިކުރާތާ ހަތަރު ހަފްތާ ތެރޭގައި ރާއްޖެއަށް އެ ވެކްސިންގެ ދެލައްކާ ޑޯޒު ގެނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމެރިކާއިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާ ކަމަށާއި އެހެން ކަމުން މިމަހުގެ ތެރޭގައި އެގައުމުން ފޯރުކޮށްދޭ ވެކްސިން ލިބޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ. އެހެން ނަމަވެސް އެއީ އަދި ކޮން ވެކްސިނެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމެރިކާގެ އިތުރުން ކެނެޑާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭން ނިންމައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top