ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމު އޭދަފުށީ ފުޓްސަލް ދަނޑުގައި އަޅަން ބޭނުންވާ ޓާފް ހަދިޔާ ކުރައްވައިފިއެވެ.
މިއީ އޭދަފުށީ ޒުވާނުންނަށް ކުރެއްވި ހަދިޔާއެއްކަމަށް އެމްޕީ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށީގައި އަޅައިދީފައިވާ ފުޓްސަލް ދަނޑު، މެދުސައިޒް (38މީޓަރު 20މީޓަރު، ނުވަތަ 760 އަކަމީޓަރު) ގެ ދަނޑަކަށް ބަދަލު ކުރުމަށް އޭދަފުށީ ޒުވާނުންގެ އެދުމުގެ މަތިން ރަށު ކައުންސިލުން ނިންމުމާއެކު އެދަނޑުގައި އެޅުމަށް ބޭނުންވާ ޓާފް ދެއްވާނެ ކަމަށް އެމްޕީ ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިހާރު އޮތް ދަނޑު މެދު ސައިޒްގެ ދަނޑަކަށް ބަަދަލުކޮށް އަލުން ޓާފް އެޅުމަށް ހިނގާ ހުރިހާ ހަރަދެއް ދެއްވުމަށް ސަލީމްވަނީ ނިންމަވާފައެވެ.
އޭދަފުށީ ދާއިރާގެ ތަރައްގީއަށާއި މުޅި ޖަމާއަތަށް ނިސްބަތްވާ ކޮންމެ ކަމެއްގައި އެމްޕީ ސަލީމަކީ ވަރަށް ދީލަތިކަމާއެކު އެހީތެރިވެވަޑައިގަންނަވާ އެމްޕީއެއް ކަން ގިނަބަޔަކު ފާހަގަ ކުރެ އެވެ.
ސަލީމް އީވީއަށް ވިދާޅުވީ ރަށުގެ އިޖްތިމާއީ ކަންތައްތަކާ ޖަމާއަތަށް ފައިދާހުރި ކޮންމެ ކަމެއްގައި ކުރިންވެސް އެހީތެރިވަމުން އަންނަ ފަދައިން ކުރިއަށް އޮތްތަނުގައި ވެސްއެހީތެރިވުމުގައިދެމިހުންނަވާނޭކަމަށެވެ.