ރޯދައަށް މިސްކިތްތަކުގެ މަރާމާތަށް 15 މިލިއަން ރުފިޔާގެ ބަޖެޓެއް

img-8241-1536x1024-1.jpeg

ޑރ. މުހައްމަދު ސައީދު އަލީ ސައީދު

އަންނަ ރޯދަމަހަށް ރާއްޖޭގެ ހުރިހާ މިސްކިތްތައް މަރާމާތުކުރުމުގެ އަގު 15 މިލިޔަނަށް އިތުރުކޮށްފައި ވާނޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

”އަހާ“ ގެ ނަމުގައި މިނިސްޓަރުންނާ ސުވާލު ކުރުމަށް ރޭ ސަލްޓަން ޕާކްގައި ބޭއްވި ޕަބްލިކް ފޯރަމްގައި ޝަހީމް ވިދާޅުވީ ކުރީގެ ސަރުކާރުން މިސްކިތްތައް މަރާމާތްކުރުމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ގާތްގަނޑަކަށް ކުރީގެ ކުރަމުންދާ އަދަދުގެ ތިންގުނަ އިތުރުކޮށް ރޯދަމަހަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށްވެސް ގާތްގަނޑަކަށް 15 މިލިޔަނަށް މިހާރުވަނީ އިތުރުކޮށްފައި ކަމުގައެވެ.

ޝަހީމް ވިދާޅުވީ ރަށްރަށުގައި ހުރި މިސްކިތްތަކުގެ ހާލަތު ކައުންސިލްތައް މެދުވެރިކޮށް ބަލަމުންދާ ކަމަށާއި އެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ ފައިސާގެ އަދަދުވެސް ބައެއް ކައުންސިލްތަކުން މިހާރު ދަނީ މިނިސްޓްރީއަށް ހިއްސާކުރަމުން ކަމަށެވެ.

”މިއޮތް ދެހަފްތާތެރޭ ރަށްރަށުގެ މިސްކިތްތަކުގެ މަސައްކަތްތައް ފެށޭ ވަރަށް މިހާރު ވަނީ ތައްޔާރުވެވިފައި.“ ޝަހީމް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top