އަނިޔާގެ ސަބަބުން ހަމްޕު، ކުޅުމާ ދުރަށް!

mg-0535-1536x1024-1.jpg

އޭދަފުއްޓަށް އުފަން، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ ހަމްޒާ މުހައްމަދުގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ހަމްޕު، ދެ ހަފްތާއަށް ކުޅުމާ ދުރަށްދާން ނިންމީ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ކަމަށް މައުުލޫމާތު ލިބިފައިވެއެވެ. އެކަން އެނގުނީ އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި ސާފް ޗެމްޕިއަންޝިޕުގެ މެޗަށްފަހު ހެދި ޓެސްޓުތަކުންނެވެ. މާ ބޮޑު އަނިޔާއެއް ނުވި ނަމަވެސް ފައިގެ މަސްގަނޑަށް ލިބުނު ގެއްލުމުން އެއްކޮށް ރަނގަޅުވާން ދެ ހަފުތާއެއް ވަރު ނަގާނެކަމަށް މެޑިކަލް ޓީމާއި ހަވާލާދީ ”އަދަދު “ން ބުނެފައިވެއެވެ.

ހަމްޕުއަށް ލިބުނު އަނިޔާ ބޮޑު ނުވާއިރު، އާންމުގޮތެއްގައި ދިގު މުއްދަތަކަށް ކުޅުމާއި ދުރަށްދާން ޖެހެނީ ހުޅުތަކަށް ލިބޭ ގެއްލުން ނުވަތަ ލިގަމެންޓަށް ލިބޭ ގެއްލުމުގެ ސަބަބުންނެވެ. މިގޮތަށް ގެއްލުން ލިބުނު ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގައިވެސް އެބަތިއްބެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top