ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ފުޓްބޯޅަ ލީގެއް ތައާރަފް ކުރަނީ

l_147897728436XIYt.jpg

2016ވަނަ އަހަރު ،މިނިވަން ޗެމްޕިއަންޝިޕް އޭދަފުށި ކާމިޔާބު ކުރުމުން އުފާ ފާޅު ކުރަނީ

ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމާ ބެހޭ ގޮތުން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް މިއަދު މަޝްވަރާކުރައްވައިފިއެވެ.

މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށް، ފުޓްބޯޅަ ކުރިއެރުވުމާއި ޕްރޮމޯޝަންގެ ވާހަކަތައް ވެސް ދެކެވުނު ކަމަށެވެ.

އަދި ރަނގަޅު ނަތީޖާތަކެއް ނެރުމަށް އެފްއޭއެމް އާއި ފުޓްބޯޅަ އާއިލާއާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި އެފްއޭއެމްގެ ރައީސް ބައްސާމާއި މިނިސްތަރު މިނިސްޓަރާ ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދި ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތަކެއް ދެމުން ގެންދިޔައެވެ.   ނަމަވެސް މިހާރު މަހުލޫފު ވިދާޅުވަނީ ފުޓުބޯޅަ ކުރިއެރުވުމަށް ކުރައްވަން ޖެހޭ ހުރިހާ މަސައްކަތެއްގައި ޔޫތު މިނިސްޓްރީން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމަށެވެ.

ރާއްޖޭގައި މިހާރު ވެސް ހޯމް އެންޑް އަވޭ އުސޫލުން މުބާރާތެއް ކުރިއަށްދެއެވެ. އެ މުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް ބާއްވަމުން އަންނަ މިނިވަން ޗެމްޕިއަންޝިޕެވެ. އެގޮތުން މިނިވަން ޗެމްޕިއަންޝިޕްގެ ދެވަނަ މުބާރާތް 2016ވަނަ އަހަރު ކާމިޔާބު ކޮށްފައިވަނީ އޭދަފުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top