ގޮއިދޫން ދަނޑުބިން ދޫކުރުމަށް އާ އުސޫލު ތަކެއް ހަދަނީ

IMG-865957f43d5ef70ea3cf66c74ed7f373-V.jpg

ގޮއިދޫ ކަރާ ދަނޑަކަށް ފެންޖަހަނީ. / އީވީ ފޮޓޯ: ޡާހާ ނިޔާޒު

ބ.ގޮއިދޫން ދަނޑުބިން ދޫކުރުމަށް އާ އުސޫލުތަކެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން ދާކަމަށް ގޮއިދޫ ކައުންސިލުން ބުނެފި އެވެ.

ގޮއިދޫ ކައުންސިލުން ބުނީ އަލަށް އެކުލަވާލުމަށް ނިންމާފައިވާ އުސޫލު، ޑްރާފްޓްކޮށް މިހާރުވަނީ ނިމފައި ކަމަށާ މި އުސޫލު ކައުންސިލުން ފާސްކޮށް، އަންނަމަހުގެ މެދެއްހާ ހިސާބުގައި އަމަލުކުރަން ފެށޭވަރު ވާނެ ކަމަށެވެ.

މިކަމާބެހޭ މައުލޫމާތު ހިއްސާކުރަމުން ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ އުސޫލުގައި، ދަނޑެއް ދޫކުރާއިރު، ދަނޑު ދޫކުރުމަށް ހަދާ ރަޖިސްޓްރީއާއެކު ދަނޑުގައި ކުރާ ބޭނުމާއި ހައްދާ ބާވަތްތަކާއި، އެބާވަތްތައް ބޭރުކުރާ އަދަދު ކައުންސިލާ ހިއްސާ ކުރުމަށް އަންްގާފައިވިޔަސް  މި ގޮތަށް އަމަލު ކުރަމުންދަނީ މަދު ބައެކެވެ. އެހެންވެ އާ އުސޫލު ތަކެއް ހެދުމުގެ އެންމެ މުހިއްމު އެއްބޭނުމަކީ، ދަނޑުތައް ދޫކޮށްފައިވާ ފަރާތްތައް ޒިންމާދާރު ކުރުވުންކަމަށެވެ.

އޭނާ ވިދާޅުވީ އަލަށް ހަދާ އުސޫލުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ އެ އުސޫލުގައިވާ ކަންކަން ހަރުދަނާ ކުރުމަށްކަމަށެވެ.

ރާއްޖޭގެ ނިސްބަތުންވެސް އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ބ.ގޮއިދޫއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ. އެރަށުގެ ދަނޑުވެރިން އާއްމު ގޮތެއްގައި ދަނޑުވެރިކަމުގެ ތަފާތު ބާވަތްތައް އުފައްދައެެވެ.

ކައުންސިލުން ބުނީ އާއުސޫލުގެ ދަށުން ، ރަށުން ބޭރުކުރާ ދަނޑުވެރިކަމުދެ ތަކެތީގެ  ތަފާސް ހިސާބު ބެލެހެއްޓުމުގައި ކައުންސިލަށް މިހާރު ދިމާވަެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

އަާ އުސޫލެއް އެކުލަވާލުމަށް ރަށު ކައުންސިލުން މަސައްކަތް ކުރާއިރު މިހާރު ގޮއިދޫއިން ދަނޑު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ބިންދޫކުރުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top