އަންނަމަހު 22 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ބ. އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ގުރުއަތުން ބުރާސްފަތިދުވަހު ތަރުތީބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ގުރުއަތުން އޭދަފުށީ ދާއިރާގެ ކެންޑިޑޭޓް ނަމްބަރު އެކަކަށް ހޮވިވަޑައިގެންނެވީ ޕީޕީއެމް ކެންޑިޑޭޓް އަދި މިހާރުވެސް އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
ކެންޑިޑޭޓް ނަމްބަރު ދޭއް އަމިއްލަ ގޮތުން ވާދަކުރައްވާ އަބްދުﷲ ޔަޒީދު (މުއާ) އަށް ލިބިވަޑައިގެންނެވިއިރު، ތިނެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް އަލްއުސްތާޒާ ހިސާން ހުސައިން އަށެވެ.
ކެންޑިޑޭޓުންގެ ނަންތައް ބުރާސްފަތިދުވަހު ތަރުތީބުކުރިއިރު މިހަފްތާ ބަންދުތެރޭގައި 3 ކެންޑިޑޭޓުންވެސް ދަނީ ދާއިރާގެ ރަށްރަށުގައި ކެންޕޭން ހަރަކާތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ގުރު ތަރުތީބުން ސަލީމަށް 1، ޔަޒީދު 2، ހިސާން 3
