ފެހެންދޫ ކައުންސިލް އިންތިހާބުގެ ދެވަނަބުރު އެމްޑީޕީ ކާމިޔާބުކޮށް މެޖޯރިޓީ ނަގައިފި.

ބ. ފެހެންދޫ އޭރިއަލް ފޮޓޯއެއް

ބ. ފެހެންދޫ އޭރިއަލް ފޮޓޯއެއް

މިއަތޮޅު ފެހެންދޫ ކައުންސިލް އިންތިހާބުގެ ދެވަނަބުރު އެމްޑީޕީ ކެންޑިޑޭޓް އައިމިނަތު ފަޒީނާ ކާމިޔާބުކޮށް ފެހެންދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދައިފިއެވެ.
ފެހެންދޫ ކައުންސިލަށް އިންތިހާބުކުރަންޖެހޭ މެމްބަރުންގެ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާވޯޓް އެއްވަރުވެފައިވާތީ 5 ވަނައަށް ހޮވުނު އެމްޑީޕީ ކެންޑިޑޭޓް އައިމިނަތު ފަޒީނާ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ފާތިމަތު ނުޒުލާއާ ވާދަކޮށް ކުރިހޯދީ 4 ވޯޓުގެ ތަފާތަކުންކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ. ފަޒީނާއަށް 79 ވޯޓް (ފެހެންދޫ ފޮށިން 57، މާލެ ފޮށިން 22) ލިބުނުއިރު ނުޒުލާއަށް ލިބުނީ 75 ވޯޓް (ފެހެންދޫ ފޮށިން 38، މާލެފޮށި 37) އެވެ. މިދެކެންޑިޑޭޓުން އެއްވަރުވި ފުރަތަމަ ބުރުގައި ކޮންމެ ކެނޑިޑޭޓަކަށްވެސް ލިބުނީ 74 ވޯޓެވެ.
މިނަތީޖާއަށް ބަލާއިރު ޖުމްހޫރީ ޕާޓީއަށް ކައުންސިލްގެ 2 ގޮނޑިލިބޭއިރު، އެމްޑިޕީއަށް 3 ގޮނޑި ލިބެއެވެ. 2011 ވަނައަހަރު ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ފެހެންދޫން 1 ގޮނޑިވެސް ލިބިފައެއް ނުވެއެވެ.
ފެހެންދޫގެ އިތުރުން ރާއްޖޭގެ އެހެންހިސާބުތަކުގެ 4 ކައުންސިލެއްގައި ހޮނިހިރު ދުވަހު އިންތިހާބު ބޭއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top