ޑަބްލިޔޫއެޗްއޯ އިން ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާކޮށްފި

large_160111406044pTqi.jpg

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔޫ އެޗްއޯ އިން ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާ ކޮށްފިއެވެ.

މިއެހީ ހަވާލު ކޮށްފައިވަނީ ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކަމަށް ޑަބްލިޔޫއެޗް އިން ހާމަ ކުރައްވަ އެވެ.

މިކަމަށް ޓަކައި މިއަދު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ހަވާލްކޮށްދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.

މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި އައި.ސީ.ޔޫ ގައި ބޭނުންކުރާ އާލާތްތަކާއި، ލެބޯޓްރީގެ އާލާތްތަކާއި، ޕޯޓެބަލް ޑިޖިޓަލް އެކްސްރޭގެ އިތުރުން ލެބޯޓްރީގެ ބައެއް އައިޓަމްތަކާއި ޓެސްޓްކިޓް ހިމެނޭ ކަމަށް ހެލްތުން މައުލޫމާތު ދެއްވަ އެވެ.

މިތަކެއްޗާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އައިސީޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްގީކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އާލާތްތަކުގެ އަދަދަދެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

ޑަބްލިއުއެޗްއޯއިން ވަނީ މީގެ ކުރިންވެސް ސިއްހީ ބައެއް އާލާތްތައް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެގޮތުން ޕީސީއާރުޓެސްޓްކިޓާއި ޖީން އެކްސްޕާޓް ކާޓްރިޖްގެ 15،000އަށް ވުރެ ގިނަ ކާޓްރިޖް އެ ޖަމިއްޔާއިން މީގެ ކުރިންވެސް ވަނީ ހަދިޔާކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top