ގެވެހި އަންހެނުންގެ ދިފާއުގައި ވިދްޔާ ބާލަން

aa-Cover-cnjc3liaj599t5c52aq90bhpl5-20170730235201.Medi_.jpeg

ދުވާލުގެ ބޮޑުބައި ބުރަމަސައްކަތުގައި އުޅުމަށް ފަހު ވަޒީފާއިން އެނބުރި ވަރުބަލިކަމާއެކު ގެއަށް އަންނަ ގޮތަށް އަނެއްކާ ގޭތެރޭގެ ވަޒީފާއަށް ނުކުންނަން ޖެހުމަކީ އަންހެނުންނާމެދު ކަން ހިނގާ ގޮތްކަމާ ، ވަޒީފާ އަކަށް ގެއިން ބޭރަށް ގޮސްގެން އަދާނުކުރާ ނަމަވެސް މުޅިދުވަސް ގޭތޭރޭގައި އަރާމެއް ނެތި މަސައްކަތް ކުރާއިރު އެކަމުގެ އަގު ވަޒަން ނުކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް އެކްޓްރެސް ވިދްޔާ ބާލަން ބުނެފިއެވެ.

ވިދްތާ މިހެން ބުނެފައިވަނީ ގެވެހި އަންހެނުން ކުރާ ބުރަމަސައްކަތާއި އެކަނބަލުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ކަނބަލުންގެ ދިފާއުގައިވާހަކަ ދައްކަމުން ފިލްމީ މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައެވެ.

ވިދްޔާ ބާލަން އަކީ  ބޮލީވުޑްގައި ރީތި ހިންދީ ފިލްމްތަކެއް ކުޅެގެން މަޝްހޫރުކަން ހޯދާފައިވާ ބަތަލާ އެކެވެ. 2013 ގައި ، މަހުޖަނު ސިއްދާތު ރޯއި ކަޕޫރު އާ ކައިވެނި ކޮށްގެން މިހާރު 5 އަހަރު ވެފައިވާ އިރު ދަރިއަކު އަދި ލިބިފައި ނުވިނަމަވެސް ކައިވެނީގެ ގުޅުން އޮތީ ވަރުގަދަ ކޮށްކަމަށް އޭނާބުނެއެވެ.

މިހާރުވެސް އެދެމަފިރިން އެކުގައި ފެންނަ އިރު ބޮޑަށް ހީވާ “ޖަސްޓް މެރިޑް ” ކަޕްލްއެއް ހެންނެވެ. ޕާޓީތަކަށާއި ހަފްލާ ތަކަށް ދަނީ އެކުގައެވެ. ވިދްޔާ އާއެކު އޭނާބައިވެރިވާ ގިނަ ރަސްމިއްޔާތު ތަކުގައިވެސް ނިކަން ބޮޑަށް ހެވިފައި ފިރިމީހާ އާއެކު ހުންނާނެއެވެ.

ވިދްޔާ ބުނަނީ އޭނާގެ ޒަވާޖީ ހަޔާތުގައި މައްސަލައެއް ނުޖެހި އޮމާންކަމާއެކު ކުރިއަށް ދަނީ އެކެއްގެ އިހްސާސްތައް އަނެކަކު ދަނެ އެކެއްގެ މަސައްކަތަށް އަނެކަކު ހިތްވަރު ދޭތީ ކަމުގައެވެ ” މީގައި ފުރަތަމަ ވިސްނަންވީ ދެމަފިރިންކަމަށްވިޔަސް މިއީ ތަފާތު ދެ މީހުންކަމަށް. ދެމީހުން ކަމަށްވާނަމަ ކޮންމެ ކަމެއްގައި ޚިޔާލު  އެއްގޮތެއް ނުވާނެ. ދެވަނަ ކަމަކަށް ވިސްނަން ޖެހެނީ ކައިވެނި ކުރެވޭ އަންހެނާ ، ފިރިމާިގެ ގެއަށް އަންނަނީ ރަސްމީ އިއްްޒަތުގައި އާއިލާގެ އެންމެންގެ ހެޔޮ އެދުންތަކާ ހެޔޮ ދުއާ އާއެކު އެގޭގެ ވެރިއެއްގެ ގޮތުގައި. އެއްގޮތަކަށްވެސް ފިރިމހާގެ ނޯކަރެއްގެ ގޮތުގައެއް ނޫން. ނުވަތަ އެއީ ގެއަށް ގެނެވޭ މަސސައްކަތު މީހެއް ނޫން. “ވިދްޔާ އޮޅުން ފިލުވައިދިނެވެ.

ވިދްޔާ ސިފަކުރާގޮތުގައި ދެމަފިރިން ވާން ޖެހޭނީ ދެ ޕާޓްނަރުންނަށް ކަމުގައެވެ. އެހެންކަމާއެކު ހަމަހަމަކޮށް ކަންކަމުގައި ބައިވެރި ނުވެވޭ ނަމަ އެޕާޓްނަރ ޝިޕްގައި މައްސަލަ ޖެހުން އޮންނާނީ ވަރަށް ކައިރީގައި ކަމަށް ވިދްޔާ ބުނެއެވެ.

“ވިސްނާލަމާ ހިނގާ. ! ފިރިމީހާ އަށް ވުރެ ކުރިން ހެނދުނު ތެދުވެ އަނބިމީހާ ވަޒީފާގެ މަސައކްތް ފަށާނެ. ކުދިން ސްކޫލަށް ފޮނުވުމާ ހެނދުނުގެ ސައިގެ ކަންތަކުގައި އޭނާ ހުންނާނީ އެލާޓަށް އައިސް. އޭގެ އެތައް އިރެއްގެ ފަހުން ފިރިމީހާ ނާސްތާ ކުރަން އަންނާނީ. އޭގެ ފަހުން އޭނާގެ ވަޒީފާއަށް އެދަނީ ދިރިއުޅުމަށް ފައިސާ ހޯދަން. އެއީ އޭނާގެ މަސްއޫލިއްޔަތު. ހަމައެއާއެކު އަނބިމީހާގޭގައި ވަޒީފާ އަދާކުރަމުން ދަނީ ފިރިމީހާއާ ބައިވެރިވެގެން. އޭނާގެ ޒިންމާއާއި މަސްއޫލިއްޔަތަކީ ފިރިމީހާ އޭނާގެ ވަޒީފާގައި ރަނގަޅު މޫޑުގައި ހުރެވޭނެ ގޮތަކަށް ގޭތެރެ ތަރުތީބުުރުން. ދަރިން ބެލެހެއްޓުމުން ފެށިގެން އެކުދިންގެ ދުވަހުގެ ރޫޓިން ފުރިހަމަކުރުން. އެހެންވީމާ އާމްދަނީ އެލިބެނީ ދެމީހުންގެ މަސައްކަތުންކަން ދެމީހުންވެސް ގަބޫލު ކުރަން ޖެހޭނެ. ”

ވިދްޔާ ބުނީ އެކަކު މަސައްކަތް ކުރަނީ ބައްޕައެއްގެ ގޮތުންކަމާއި އަނެކަކު މަސައްކަތް ކުރަނީ މަންމަ އެއްގެ ގޮތުން ކަމުގައެވެ.

އިތުރަށް ވާހަކަ ދައްކަމުން ވިދްޔާ ބުނަނީ އަނބިމީހާ ބަލިވެއިންކަންއެގުމާއެކު އޭނާގެ މަސްއޫލިއްޔަތު ބޮޑުވެގެންދާނެކަން ފިރިމީހާ ގަބޫލު ކުރަންޖެހޭ ކަމުގައެވެ. އެއީ އަލަށް ގެއަށް އަންނަން އުޅޭ މެހެމާނަށް ގޭތެރެ ތައްޔާރު ކުރުމާއި އޭނާ އަށް ބޭނުންވާ ކަންކަަން ފުރިހަމަ ކުރުމުގެ ގޮތުން މާލީ ތަނަވަސްކަން އިތުރުވާނެ ގޮތާ ބެހޭ ގޮތުން ފިރިމީހާއާ މަޝްވަރާކޮށް އެކަމުގައިވެސް އިސް ދައުރެއް އަދާކުރަނީ އަނބިމީހާކަމުގައެވެ.

މިހެންގޮސް ވިހެއުމާއެކު އޭނާއާ އެ ހަވާލު ވެވުނީ ވަރަށް ބޮޑު ޒިންމާއަކާ އެކު އިތުރު ވަޒީފާއެއް ވެސް ބޮލު އަޅަން ޖެހުނީއެވެ. މިކަން އެންމެ ފުރަތަމަ ދަންނަން ޖެހޭނީ ފިރިމީހާ ކަމާއި ފިރިމީހާ ވާންޖެހޭނީ އަނބިމީހާގެ މަސައްކަތަށް ގަދަރުކުރާ އޭނާއަށް ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައިވެސް އެންމެ ގާތުގައި ހުރި އެނެމެ ހިތްވަރު ދޭމީހާ އަށެވެ.

މިއީ ކަން ހިނގަން ޖެހޭނެ ގޮތެވެ. އަހަރެމެންގެ ކޮމިއުނިޓީގައި ދެމަފިރިންގެ ދެމެދުގައި މައްސލަ ޖެހި ކައިވެނި ރޫޅެން ދިމާވާ އެންމެ މައިގަނޑު މައްސަލައަކީ މިހަގީގަތާ ކުރިމަތިލާން ފިރިހެނުންނަށް ނުކެރޭތީ ކަމަށް ވިދްޔާ ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top