ލަނޑާގިރާވަރު ރިސޯޓުގައި ސަބްމެރިންގެ ޚިދުމަތް ތައާރަފް ކޮށްފި

medium_169169.jpg

ލަނޑާގިރާވަރު ރިސޯޓުގައި ބޭނުންކުރާ ސަބްމެރިން

ބ. ލަނޑާގިރާވަރުގައި ހިންގަމުން އަންނަ ފޯސީޒަންސް ލަނޑާ ގިރާވަރު ރިސޯޓުގައި ސަބްމެރިންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މި މަހުގެ ތިންވަން ދުވަހު ތައާރަފްކުރި މިޚިދުމަތް ދެމުން އަންނަނީ ކުދި ސަބްމެރިން އުފެއްދުމަށް މަޝްހޫރު އޯޝަން ގްރޫޕް ކުންފުނިން އުފައްދާފައިވާ ސަބްމެރިން އަކުންނެވެ.

ޑީޕް ފްލައިޓް ސުޕަ ތްރީއެސް ނަން ދީފައިވާ މި ސަބްމެރިންގައި އެއް ފަހަރާ ތިން މީހުންނަށް ދަތުރު ކުރެވެ އެވެ. އެކަމަކު ކޮންމެ ދަތުރަކު ފަތުރުވެރިންގެ ގޮތުގައި ގެންދާނީ ދެމީހުންނެވެ. އަނެއް މީހާ އަކީ އެ ދެމީހުންނަށް މައުލޫމާތު ދޭ މީހާ ކަމަށްވާ ސަބްމެރިން ދުއްވާ ޕައިލެޓެވެ. ސަބްމެރިން ފަުމާކޮށްައިވަނީ ޕައިލެޓާއި ފަތުރުވެރިންނާއި ވާހަކަދެއްކޭ ގޮތަށެވެ.

މި ސަބްމެރިން އަކީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް އުފައްދާފައިވާ އަދި ބެޓެރި އަކުން އޮޕަރޭޓް ކުރާ ގޮތަށް ތައްޔާރުކޮށްފައިވާ ސަބްމެރިން އެކެވެ. އަދި 120 މީޓަރު އަޑިއަށް ދަތުރުކުރުމުގެ ގާބިލްކަން މި އުޅަނދަށް ލިބިފައިވާކަމަށް ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ މި ސަބްމެރިންގައި ކަނޑު އަޑި ބަލަންދާ ފަތުރުވެރިންނަށް ދައްކާލާ އެންމެ ހާއްސަ ތަނަކީ ބ. އަތޮޅުގައި އޮންނަ ޔުނެސްކޯގެ ބައޮސްފިޔާ ރިޒާވް ކަމަށެވެ. އަދި އަޑީގައި ދަތުރު ކުރަމުންދާއިރު އެތަނުގެ މުރަކަތަކާއި މަސްމަހާއި މެހީގެ މައުލޫމާތުވެސް ފަތުރުވެރުންނަށް ދެމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top