ރަމަޟާން މަހު ފިހާރަތައް 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

DSCN2183.jpg

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ރޭގަނޑު އެގާރަ ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މިއަދު އެ މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވާ ގޮތުން
11 މެއި އިން ފެށިގެން ރަމަޟާން މަހުގެ ރޭތަކާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، އިމްޕޯޓް މުދާ ވިއްކާ ތަންތަން ރޭގަނޑު 11:00ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެއެވެ.

އަދި ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭގަނޑު ސައި ހޮޓާ ރެސްޓޯރެންޓުތައް އަދި ކެންޓީނު ފަދަ ތަންތަންވެސް އިރުއޮއްސުމާއި މެންދަމު 3:00 އާ ދެމެދު ޚިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީ ގެ ގަވާއިދު ބުނާގޮތުން މިހާރު ރޭގަނޑު 10 ޖަހާއިރު ފިހާރަތައް ބަންދު ކުރަން ޖެހެ އެވެ. އަދި ކެފޭތަކާއި ހޮޓާ ރެސްޓޯރެންޓުތައް ދަންވަރު 1 ޖަހާއިރު ބަންދުކުރަން ޖެހެއެވެ.

ރާއްޖޭގައި ހިންގާ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންް އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top