މެޑްޓެކް އިން ސްކޫލްތަކުގެ ދަރިވަރުންނަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފި

large_1612180031171ILQ.jpg

މަޝްހޫރު މެޑްޓެކް ކުންފުނިން ސްކޫލްތަކުގެ ދަރިވަރުންގެ އަތްދޮވުމަށް 4000 އެންޓި ބެކްޓީރިއަލް އަތްދޮންނަ ފުޅި، ހަދިޔާކޮށްފި އެވެ.

މެޑްޓެކުން ހަދިޔާކުރި އަތްދޮންނަފުޅިތަކާ ހަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ މިދުވަސްވަރު ސްކޫލްތަކުގެ ދަރިވަރުންގެ ސިއްހީ ރައްކާތެރިކަމަށް މެޑްޓެކް އިން  ވެދެއްވި މި އެހީތެރިކަން ފާހަގަކޮށް، މިނިސްޓްރީން ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top