ފުރަތަމަ މެޗުން އޭދަފުށީ މޮޅުވެ އުއްމީދު އާކޮށްފި

image-0-02-06-e793a849aba6982bec4fc5e89a75f2cad8e2b88cdc2e1137eafc0dea689ffb21-V.jpg

ހަނިމާދޫ -އޭދަފުށި ބައްދަލުކުރި މެޗް

އެސްޓީއޯ މިނިވަން50 ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި އޭދަފުށި ކުޅުނު ފުރަތަމަމެޗުން މޮޅުވެއްޖެއެވެ. މިއަދު ހަވީރު ތިމަރަފުށީގައި ކުޅުނު މިމެޗު ގައި ހަނިމާދޫއާއި ވާދަކޮށްގެން އޭދަފުށި މޮޅުވެފައިވަނީ 4-2ގެ ނަތީޖާއިން ނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ އޭދަފުށީ ޓިމުންނެވެ. އިބްރާހީމް އިޝާން (ސައްޓު)ގެ މިލަނޑާއެކު ފުރަތަމަ ހާފް ނިމުނީ އޭދަފުށީގެ ގޯލަށް ހަނިމާދޫ ޓީމު ދެލަނޑު ޖަހައި ކުރިހޯދައިގެންނެވެ.

ދެވަނަ ހާފުގައި އޭދަފުށީން އިތުރު ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްދިނީ އަޒްމީލް އެވެ.  އަޒްމީލް ގެ އިތުރުލަނޑަކާއެކު އޭދަފުށި ލީޑް ހޯދުމަށްފަހު ދެންވެސް މެޗް ބުރަވަމުން އައީ އޭދަފުށީގެ ކޮޅަށެވެ. ހަނިމާދޫއަށް އިިތުރު ލަނޑެއް ޖެހުމުގެ ފުރުސަތު ނުދީ މެޗްގެ ތަފާތު ބޮޑުކޮށްލީ އަނެއްކާވެސް ސައްޓުގެ 4ވަނަ ލަނޑާއެކުގައެވެ.

އޭދަފުށީ ޓީމްގެ މެޗެއް ދެން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ. ބައްދަލުކުރާނީ ލަންދޫއާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top