ޚާއްސަ އެހީގެ ކުދިންނަށް ކިޔަވައިދޭ ޔުނިޓެއް އޭދަފުށީގައި ހުޅުވައިފި

ކުލުނު ވެހި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ބ.އ.ތ.މ

ކުލުނު ވެހި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ބ.އ.ތ.މ

ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށްޓަކައި ބ. އޭދަފުށީގައި ޚާއްސަ ޔުނިޓެއް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

“ކުލުނު ހިޔާ” ގެ ނަމުގައި ބ. ޓީޗާ ރިސޯސް ސެންޓަރުގައި ހެދި މި ޔުނިޓް މިއަދު ހެނދުނު ހުޅުވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލްއެވެ.

ޔުނިޓް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވުން އާދިލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން މިއަދު ހުޅުވުނު މި ހިޔާ އަކީ ރައްޔިތުން ބަލައިގަންނާނެ ހިޔާއެއް ކަމަށާއި މިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރިހާ ފަރާތްތަކެއް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެކަމަށެވެ.
އަދި ބ. އަތޮޅުގެ އެހެން ރަށްރަށުގައި ހާއްސައެހީއަށް ބޭނުންވެފައިތިބި ކުދިން ދެނެގަތުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވެސް އާދިލު އެދިވަޑައިގެންނެވިއެވެ.

މި ޔުނިޓްގައި ކިޔަވައިދެއްވާނީ އެކަމަށް ހާއްސަ ދެ ޓީޗަރުން ބޭނުންކޮށްގެން ދަރިވަރުންނަށް ބޭނުންވާ ތެރަޕީއާ އެކުގައިކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެއެވެ. އެމަރުކަޒުން ބުނީ މިއަދު ކްލާސްތައް ފެށުނުއިރު ޔުނިޓްގައި 6 ކުއްޖަކު ރަޖިސްޓްރީ ވެފައިވާކަމަށާ، އިތުރުކުދިން ރަޖިސްޓްރީވުމަށް އެދެމުންދާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top