އިންޑިއާގެ އިންތިހާބުގައި އިދިކޮޅު ބީޖޭޕީން ބޮޑު ކާމިޔާބެއް ހޯދައިފި

ކާމިޔާބާ ގުޅިގެން ބީޖޭޕީގެ ސަޕޯޓަރުން އިއްޔެ އުފާފާޅުކުރަނީ / ފޮޓޯ: އިންޓަނެޓް

ކާމިޔާބާ ގުޅިގެން ބީޖޭޕީގެ ސަޕޯޓަރުން އިއްޔެ އުފާފާޅުކުރަނީ / ފޮޓޯ: އިންޓަނެޓް

އިންޑިއާގައި ފާއިތުވި 10 އަހަރު ވެރިކަން ކޮންގްރެސް ޕާޓީގެ މައްޗަށް އެގައުމުގެ އާންމު އިންތިހާބުގައި އިދިކޮޅު ބީޖޭޕީން ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

ބީޖޭޕީގެ މިކާމިޔާބީ އިންޑިޔާގެ މީޑިޔާތަކުންނާއި ބައިނަލްއަގްވާމީ މީޑިއާތަކުން ސިފަކުރަމުން ދަނީ އިންޑިޔާއަށާއި މިސަރަހައްދަށް އައި ވަރުގަދަ އިންގިލާބެއްގެ ގޮތުގަ އެވެ.

ބީޖޭޕީ އިންޑިޔާގެ އާއްމު އިންތިހާބު ކާމިޔާބުކުރިކަން މީޑިޔާތަކުން ރިޕޯޓްކުރަން ފެށުމާއި އެކު ބީޖޭޕީ ސަޕޯޓަރުން ދަނީ އިންޑިޔާގެ މަގުތަކުގައި އުފާ ފާޅުކުރަމުންނެވެ. މިގޮތުން ލޮރީ ބުރާއި ހަވާ އެރުވުންފަދަ ހަރަކާތްތައް މުޅި އިންޑިޔާގައި މިހާރު ކުރިއަށް އެބަދެ އެވެ.

ވަގުތީ ނަތީޖާ އިއުލާން ކުރަމުންދާއިރު މީޑިއާގެ ލަފާކުރުންތަކުން ދައްކަނީ ބީޖޭޕީ އަށް މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން 272 ގޮނޑިއަށް ވުރެ ގިނަ ގޮނޑި ލިބޭނެ ކަމަށެވެ.

އިންޑިޔާގެ އާންމު އިންތިޚާބު ބީޖޭޕީން ކާމިޔާބު ކުރުމާއި އެކު އެގައުމުގެ އާ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ބީޖޭޕީގެ ފަރާތުން ބޮޑުވަޒީރު ކަމަށް ނެރެފައިިވާ ނަރެންދުރަ މޮޑީ އެވެ. އޭނާއަކީ އިސްލާމުން ދެކޮޅު ދީނީ ހަރުކަށި ހިޔާލުގެ ބޭފުޅެއް ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top