
މެންޗެސްޓަރ ސިޓީ ފުޓްބޯޅަޓިމް. ޔޫއޭފާ ގަވާއިދާ ހިލާފުވި މައްސަލަގައި ބޮޑެތި އަދަބުތަކެއް ވަނީ ދީފައި / ފައިލް ފޮޓޯ
ޔޫއޭފާގެ ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފުވުމުގެ ސަބަބުން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވަރުގަދަ އަދަބުތަކެއް ދީފި އެވެ.
މިގޮތުން ސިޓީ ޖޫރިމަނާކޮށްފައިވަނީ 49 މިލިއަން ޕައުންޑުންނެވެ. އަދި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި 21 ކުޅުންތެރިންނަށްވުރެ އިތުރަށް ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި އަންނަ ސީޒަނަށް ކުޅުންތެރިން ގަތުމަށް ސިޓީ އަށް ގިނަވެގެން ހޭދަކުރެވޭނީ ވެސް 49 މިލިއަން ޕައުންޑެވެ. އަދި މި ސީޒަނަށްވުރެ އަންނަ ސީޒަނުގައި ކުޅުންތެރިންގެ މުސާރަތައް ހޭދަކުރާ މިންވަރު ވެސް ބޮޑުވެގެންނުވާނެ އެވެ.
ސިޓީގެ އިތުރުން ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ) އަށް ވެސް ވަނީ މިއަދަބުތައް ދޭން ނިންމައިފަ އެވެ. މި ދެ ކުލަބަކީ ގަތަރުގެ މުއްސަދި މުއްސަދި މަހުޖަނުން ހަރަދު ކުރާ ދެކުލަބެވެ.
ޔޫއޭފާއިން އަންނަނީ ޔޫރަޕުގެ މެދުފަންތީގެ ކުލަބުތަކުގެ މައްސަލަތައް ވެސް ބަލަމުންނެވެ.