ފޮޓޯއިން ހަބަރު: އިންވިޓޭޝަން ކަޕަށް އޭދަފުށީ ޓީމް ތައްޔާރުވާން ފެށުން

football.jpg

23 އަހަރުން ދަށުގެ އޭދަފުށީ ފުޓްބޯލަ ޓީމް ޕްރެކްޓިސްގެ ތެރެއިން / ފޮޓޯ: އޭދަފުށީ ވޮއިސް

21 ނޮވެމްބަރ 2017 (ބ. އޭދަފުށި):- އަންނަމަހު ބ. ދޮންފަނުގައި ފެށުމަށް ހަމަޖެހިފައިވާ 21 އަހަރުން ދަށުގެ އިންވިޓޭޝަން ކަޕަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ފުޓްބޯޅަ ޓީމް ތައްޔާރުވާން ފަށައިފިއެވެ.

މިމުބާރާތަށް ޓީމް ތައްޔާރުކުރަމުންދަނީ ވަގުތީ ގޮތުން 23 އަހަރުން ދަށުގެ ޓީމްގެ ކޯޗްކަން ހަވާލުކޮށްފައިވާ ޝާފީ އަލީގެ ބެލުމުގެ ދަށުންނެވެ. އެސިސްޓެންޓް ކޯޗް އަދި ޓީމްގެ ޓްރޭނަރަކީ ސީނިއަރ ޓީމްގެ ވައިސްކެޕްޓަން މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. ގޯލްކީޕަރ ޓްރޭނަރަކީ ސީނިއަރ ޓީމްގެ ކުރީގެ 1 ނަމްބަރ ކީޕަރ އަބްދުﷲ ޒިޔަޒަންއެވެ. އޭދަފުށީ ޓީމް ޕްރެކްޓިސް ފެށީ 30 ކުޅުންތެރިންގެ ސްކޮޑަކާއެކު ކަމަށް އޭދަފުށީ ފުޓްބޯޅަ ކޮމެޓީން ބުންޏެވެ.

ފޮޓޯތައް: އީވީ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top