ފެނަކަ ކޯޕަރޭޝަނުން ދަރަވަންދޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ހުޅުވައި އިއްޔެ އެރަށަށް ކަރަންޓް ދީފިއެވެ.
އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްއާން ވިދާޅުވީ ދަރަވަންދޫގައި ސަރުކާރުން ތަރައްގީ ކުރި އާ އިންޖީނުގެ އަކީ ދައުލަތުގެ ބަޖެޓުން ދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަ ކޮށްގެން ހުޅުވާފައިވާ އިންޖީނުގެއެއް ކަމުގައެވެ. އަދި އާ އިންޖީނުގެ ހުޅުވާފައިވަނި 600 ކިލޯވޯޓްގެ ޖަނެރޭޓަރަކާ އެކު ކަމަށް ވާތީ ދަރަވަންދޫގައި ދިމާވަމުން އައި ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ލަމްއާން އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރު ތަކުން 1100 މީހުން ދިރިއުޅޭ ދަރަވަންދޫ އަށް ކަރަންޓުުގެެ ހިދުމަތް ރަނގަޅު ކޮށްދިނުމަށް މަސައްކަތް ކޮށްފައި ނުވާ ކަމުގަަެވެ. އެގޮތުން ރަށުގައި ހުރި އިންޖީނުގެއިން އަރާ ދުމުންނާއި، އިންޖީނުގެއިން ކިޔާ އަޑުތަކުން އާއްމު ރައްޔިތުންނަށް ވަމުން ދިޔަ އުނދަގޫ ތައް ހައްލު ކޮށް ދީފައިވަނި މި ސަރުކާރުން ކަމަށް ވާތީ އެކަމާމެދު އުފާ ކުރައްވާ ކަމުގައެވެ.
ކުރީގެ އިންޖީނުގެ އިން މުޅި ރަށަށް ކަރަންޓް ދިނުމަށް ބޭނުން ކުރީ ދުއިސައްތަ ކިލޯ ވޮޓްގެ އިންޖީނަކާ، ސަތޭކަ ކިލޯވޮޓްގެ އިންޖީނަކާ، ހަތަރުސަތޭކަ ކިލޯ ވޮޓްގެ ޖަނަރޭޓަރެއްގެ އިތުރުން ހަސަތޭކަ ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.