ވަޒީފާ އަދާކުރެވޭ އުމުރު 75އާއި ހަމައަށް

large_147826732734pcGn.jpeg

ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އުމުރުން 75 އަހަރު ވަންދެން ޚިދުމަތުގައި ކުރިއަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ވަޒީފާއާއި ބެހޭ ގާނޫނު މިހާރު އޮތް ގޮތުން ދައުލަތުގެ ވަޒީފާއެއްގައި ހުރި މީހެއް ނަމަ އުމުރުން 65 އަހަރުވުމުން ވަަޒީފާ އިން ރިޓަޔާ ކުރުމަށް ލާޒިމުވެ އެވެ.

ރައީސް ޑރ.މުއިއްޒު ގެ ރިޔާސީ ބަޔާނުގައި މިއަދު އެމަނިކުފާނު ވިދާޅުވީ އިސް ރަށްވެހިންގެ ތަޖްރިބާއާ ވިސްނުން މި ގައުމަށް ބޭނުންވާ ކަމަށާއި ޚިދުމަތުގައި މެދުކެނޑުމެއްނެތި ދިގު ޒަމާނެއް ހޭދަކުރެއްވުމަށްފަހު، އުމުރުން 65 އަހަރު ވާއިރަށް، ކުރާނެ މަސައްކަތެއް ނެތި ރިޓަޔާ ވާންޖެހޭ ވަގުތަކީ އެފަދަ ގިނަ ފަރާތްތަކަށް އުނދަގޫ ހާލަތެއް ކަމަށެވެ.

އެހެންކަމުން، އުމުރުން 65 އަހަރުވީ ނަމަވެސް ޚިދުމަތުގައި ދެމި ތިބުމަށް ބޭނުންވާ ފަރާތްތަކަށް 75 އަހަރާއި ހަމައަށް އެގްރިމެންޓް އުސޫލުން ޚިދުމަތުގައި ކުރިއަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ސަރުކާރުން އިސްރަށްވެހިންގެ ދަފްތަރެއް އެކުލަވާލާނެ ކަމަށެވެ. އަދި ހަފްތާ 14 ގެ ތެރެއިން އިސްރަށްވެހީންގެ ޚާއްސަ އިޖްތިމާއީ މަރުކަޒުތަކެއް މާލެ އާއި އަތޮޅުތަކުގައި ގާއިމުކުރަން ކެބިނެޓުން ނިންމާ، އެމަސައްކަތް ވަނީ ފަށާފައި ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ތިން ސަރަޙައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއަރ ސެންޓަރުގާއިމު ކުރުމަށް ރައީސް ޑރ.މުއިއްޒު ވަނީ ނިންމަވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top