މިދިޔަ ފަސް އަހަރު ޗާޕުކުރި ފައިސާ، 40 އަހަރާ ނުބައްދަލު: ރައީސް

VJqRUxWw3esXmkr2xtCJF0y21oPLS2RHrFnNsX23.webp

ވޭތުވެދިޔަ ފަސް އަހަރު ޗާޕުކުރި ފައިސާގެ އަދަދު އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕުކުރި ޖުމްލަ މިންވަރާ ނުބައްދަލު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު ދައުލަތް އޮތީ ދަރާފައި ކަމަށެވެ.

”ވޭތުވެދިޔަ ފަސް އަހަރު އަށް ބިލިއަނެއްހައި ރުފިޔާ ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕުކޮށްގެން ނެރެފައި. މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕުކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް،” ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށާއި، ތަކެތީގެ އަގު އުފުލި، ލާދަ މަތިވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ފިސްކަލް ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ރައީސް މިއަދު ވިދާޅުވެފައިވެއެވެ.

”މި ހާލަތުން ގައުމު ސަލާމަތްކުރުމަށް ރެޔާދުވާލު އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. ދައުލަތުގެ މާލިއްޔާއަށް ބުރަ އުފުލަން ނުޖެހޭ ގޮތަށް އާ މަޝްރޫޢުތައް ފެށޭތޯ މަސައްކަތްކުރަމުން. ދައުލަތުގެ ކުންފުނިތަކުން އަރަނިވާނެ ގޮތްތަކެއް ހޯދަމުން. ދައުލަތުގެ ދަރަނި ކުޑަކޮށް، ލުއިކުރެވޭތޯ ބަލަމުން.“ ރައީސް ވިދާޅުވިއެވެ.

ސަރުކާރާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ޣައިރު ޒިންމާދާރުކަމާ އެކު މަނިޓައިޒްކުރަމުން ދިޔަ ދިޔުން ނިމުމަކަށް ގެނައުންކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

އެގޮތުން 31 ޑިސެމްބަރު 2023 ވަނަ ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ސަސްޕެންޑް ކުރެވުނު މާއްދާތައް އިއާދަކުރެވުނު ކަމަށާއި އަދި އިގުތިސާދު ހަމަމަގަށް އެޅުވުމަށް މަސައްކަތް ފެށިގެންދިޔަކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިގުތިސާދީ ގޮތުން ފަހި މަންޒަރެއް ފެންނަން އޮތް ނަމަވެސް ދައުލަތުގެ މާލިއްޔާއަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

އެގޮތުން އާމްދަނީއާ ހަރަދުގެ ފަރަގު ބޮޑުވެ ފިސްކަލް ޑެފިސިޓް ހުރީ ދެމެހެއްޓެނިވި ނޫން މިންވަރަށް ފުޅާވެފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ތަދުމަޑުކަމާއެކު 2020 ވަނަ އަހަރު ބަޖެޓު ޑެފިސިޓް 13.5 ބިލިއަން ރުފިޔާއަށް އިތުރުވި ކަމަށާއި ނަމަވެސް ހިނގަމުންދިޔަ އިސްރާފާއި ސަރުކާރުގެ ސިޔާސަތުތައް އޭރު ބައްޓަން ކުރެވިފައިހުރި ގޮތުގެ ނަތީޖާއަކަށްވީ އިގުތިސާދީ ހާލަތު ބަލިމަޑުކަމުގެ ކުރިން އޮތް ރަނގަޅު ހާލަތަށް ރުޖޫއަ ވިނަމަވެސް ޑެފިސިޓް ކުޑަނުވުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top