”މޯލްޑިވްސް ސިމެންތި“ އިތުރަށް ފުޅާކުރުމަށް އެޕޯލޯ އާއެކު ސޮއިކޮށްފި

PHOTO-2021-11-11-01-37-26.jpg

އެސްޓީއޯގެ މޯލްޑިވްސް ސިމެންތި ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް އެޕޯލޯ އާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

އެސްޓީއޯ އިން ވިއްކާ “މޯލްޑިވްސް ސިމެންތިގެ ވިޔަފާރި އިތުރަށް ފުޅާކޮށް މާކެޓް ކުރުމަށްޓަކައި، އެސްޓީއޯގެ ސްޓްރެޓެޖިކް ޕާޓްނަރު، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓުރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާންއެވެއެޕޯލޯ ހޯލްޑިންސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އެވެ. 

ކޮންސްޓްރަކްޝަން ވިޔަފާރީގައި ރާއްޖޭގައި ނަގާކިޔާ އެސްޓީއޯ އާއި އެޕޯލޯ ހޯލްޑިންގުން ސޮއިކުރި މިއެއްބަސްވުމަކީ ސިމެންތީގެ ވިޔަފާރީގައި ރާއްޖޭގައި މިހާތަނަށް ހެދުނު އެންމެ ބޮޑު އެއް އެއްބަސްވުން ކަމަށާއި މިއީ ދެ ކުންފުނީގެ ކޮންސްޓްރަކްޝަން ސަޕްލައި ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް އެސްޓީއޯއިން ދެކެއެވެ

އެޕޯލޯ އާއެކު ވެވުނު މިއެއްބަސްވުމުގެ ސަބަބުން “މޯލްޑިވްސް ސިމެންތި” އަށް ކަސްޓަމަރުން ކުރާ އިތުބާރު އިތުރަށް ބޮޑުވެގެން ދިއުމުގެއިތުރުން އެސްޓީއޯ އާއި އެޕޯލޯ ކުންފުނި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވްސް ސިމެންތި ހެޔޮ އަގުގައި ފޯރު ކޮށްދެވޭނެކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ.

މޯލްޑިވްސް ސިމެންތި” އަކީ މާކެޓްގައި މިހާރު ލިބެންހުރި އެންމެ ކޮލިޓީ ރަނގަޅު ސިމެންތިއަށް ވެފައި، ކަސްޓަމަރުންނަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނުގެ އަގާއި ކޮލިޓީ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަބަދުވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް ސިމެންތިއަކީ އެސްޓީއޯ އާއި އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި، ރޭސޫޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑްއިން ތިލަފުށީގައި ގާއިމް ކޮށްފައިވާ ފެކްޓަރީގެ އުފެއްދުމެކެވެއަދި އޮމާންގެ މިކުންފުންޏަކީ ގަލްފް ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި މިމަސައްކަތް ކުރަމުން އަންނަ ކުންފުނިކަން ވެސް ފާހަގަކޮށްލެވެއެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top