ކުދި އުޅަނދު ފަހަރުގައި ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި

DSCN3063-800x490-800x490.jpg

ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދު ފަހަރުގައި ކުރިއަށް އޮތް ތިން ދުވަހު ރޭގަނޑު ދަތުރު ނުކުރުމަށް އެމްއެންޑީއެފްގެ، ކޯސްޓްގާޑުން އިލްތިމާސް ކޮށްފިއެވެ.

ކޯސްޓްުގާޑުން ބުނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން، ކުރިއަށް އޮތް ތިންދުވަހު ރާއްޖެ ސަރަހައްދުގައި ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހުގައި ނޫނީ ދަތުރުތައް ނުރޭވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުން މުހިންމު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މުދާ އުފުލާ އުޅަނދުފަހަރުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމަށާއި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއާ ދުރުން ބޭ އޮފް ބެންގޯލްގެ ހުޅަނގުދެކުނުގައި އުފެދުފައިވާ ކޮޅިގަނޑު ހުޅަނގުއުތުރަށް ޖެހި، މިއަދު އިންޑިއާގެ އައްސޭރި ފަށަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފްއިން އެދިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top