ކުރިއަށް އޮތީ ވަރަށް ދަތި 6 މަސްދުވަސް- މިނިސްޓަރު ފައްޔާޒް

big_duS99ymTOv7srUrXh51eQOyuB.jpg

އިކޮނޮމިކް މިނިސްޓަރު،ފައްޔާޒް--ފޮޓޯ :ޕީއެސްއެމް

ކުރިއަށް އޮތީ ވަރަށް ދަތި ހަ މަސްދުވަސް ކަމާއި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 11 އިންސައްތައަށް ވެއްޓޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މިހާރު މި އޮތީ ވަރަށް އުނދަގޫ ހާލަތަކަށް ގޮސްފައި ކަމަށާއި މީގެ ކުރިން ރާއްޖޭގެ ޖީޑީޕީ މިދިޔަ އަހަރާ އަލާބަލާ އިރު 7.5 ޕަސެންޓު ކުރި އަރާނެެ ކަމަށް ލަފާކުރި ނަމަވެސް ކޮވިޑް-19 އާއެކު ދިމާވެފައިވާ ދަތިތަކާ އެކު އިގްތިސޯދު ހުއްޓިފައިވާ ކަމަށެވެ. އަދި 2019 ގައި ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އަނބުރާ ދެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ގައި ކަމަށް ވިދާޅުވި އެވެ. 

އެހެންނަމަވެސް ދުރު ރާސްތާއަކަށް ވިސްނައިފިނަމަ އާ ވިސްނުންތަކަކާއެކު އިގުތިސާދު އަނެއްކާވެސް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވޭނެކަމަށާ އެގޮތުން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިގްތިސާދު ޑައިވާސިފައި ނުވަތަ މިހާރަށްވުރެ ފުޅާކޮށް، ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސާދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، އިގްތިސާދު ފުޅާކުރުމާއެކު، ޚާއްސަ ކަންތައްތަކަކަށް އިސްކަން ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top