ގޮދަންފުށުގައި މައްސަލަ….؟

roti_chapati.jpg

ރާއްޖޭގައި ވިއްކަމުންގެންދާ ގޮދަންފުށުގެ ބައެއް ބަސްތާގައިި، ހުރެގެންނުވާނެ ހަރުއެތިކޮޅުތަކެއް ހުރުމުގެ ސަބަބުން އެފަދަ ގޮދަންފުށް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ފުޑްއެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.

އެއޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައިވަނީ ގޮދަން ފުށުގައި ހަރުކޮށް ހެފޭ އެއްޗެއް ހުރިކަން ފާހަގަކުރެވިގެން ހުށަހެޅުނު ޝަކުވާތަކަކާއި ގުޅިގެން ގޮދަންފުށުގެ ސާމްޕަލްނަގައި ތަހުލީލުކުރަމުން އަންނަކަމުގައެވެ. އެގޮތުން މިހާތަނަށް ކުރި ތަހުލީލުތަކުން ދައްކާ ގޮތުގައި ލޮޓްނަންބަރު 2015348ގެ ގޮދަންފުށުގައި އޭގެ އަސްލު ޒާތުގައި ހުރެގެން ނުވާނެ ހަރު އެތިކޮޅުތަކެއް ހުރިކަން ކަށަވަރުކުރެވިފައިވާކަމުގައެވެ.

އެއޮތޯރިޓީން ބުނީ މި މައްސަލަ އިތުރަށް ބަލައި ދިރާސާ ކުރުމަށްފުށުގެ ސާމްޕަލް ރާއްޖެއިން ބޭރުން ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންއަންނަކަމަށާއި ފާހަގަކުރެވިފައިވާ މައްސަލައެއް ގޮދަން ފުށުގައި ހުރިނަމަ ބޭނުންނުކުރުމަށާއި އަދި ވިއްކައިގެންވެސް ނުވާނެކަމުގައެވެ.

މިކަމާ ގުޅިގެން އެސްޓީއޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މައްސަލަ ޖެހުނު ޝިޕްމަންޓްގެ ފުށްބަސްތާ ބަދަލުކުރުމަށް އެސްޓީއޯ ސްޓޭޕަލް ފުޑްސް އަދި ރީޖަނަލް ސޭލްސްފިހާރަތަކުން އެކަން ހަމަޖެހިފައިވާނެކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެދަތިތަކަށް މައާފަށްއެދޭކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top