ޚާއްސައެހީއަށްބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ވަޒީފާގެ ފުރުސަތު

aioshath.jpg

ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ވަޒީފާގެފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.

އިއްޔެ ހެންވޭރުދަނޑުގައި އޮތް ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އައިޝަތު ޝިހާމު ވިދާޅުވީ ޚާއްސައެހީއަށް ބޭނުންވާ ކުދިން ނަށް ކިޔަވައިދިނުމަށް މި އަހަރު 90 ޓީޗަރުން ތަމްރީނުކޮށްފައިވާ ކަމަށާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކަންތައް ވީ އެންމެ ރަނގަޅަކަށް ކުރިއަށް ގެންދިއުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ ކަމެއް ކަމުގައެވެ. އަދި މިކުދިން ބައިވެރިކޮށްގެން މިފަދަކުޅިވަރު މުބާރާތްތައް ބޭއްވުމަކީ އެކުދިންގެ ހުނަރުތައް ދައްކުވައިދިނުމަށް ލިބޭ އަގުހުރި ފުރުސަތެއްކަމަށާއި ކުޅިވަރުތަކުގެ ސަބަބުން ކަސްރަތާއެކު ހެލިފެލިވެ އުޅުމުން އެކުދިންގެ ސިއްހަތަށްވެސް އެކަމުގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނާނެކަމުގައެވެ.

ދިރާގު ސްޕޯޓްސްފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން އެކުންފުނީގެ ފަރާތުން އެކި ޖަމްއިއްޔާތަކާއި ގުޅިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.
މިގޮތުން އިއްޔެ ބޭއްވި ފެސްޓިވަލްގައި ފަސް ސްކޫލާއެކު ހަތަރު ޖަމިއްޔާއިން ޖުމްލަ 200އަށްވުރެ ގިނަ ކުދިން ބައިވެރި ވެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top