ޑްރައިވިންގް ޓްރެކް އަންނަ އަހަރު ކުރީކޮޅު މުޅިން ނިމޭނެ – ބ. އަތޮޅު ކައުންސިލް

DSCN0447.jpg

އަތޮޅު ކައުންސިލުން އޭދަފުށީގައި ހަދާ ޓްރެކް ސަރަހައްދު މިހާރު އޮތް ގޮތް -ފޮޓޯ : އީވީ

ބ. އަތޮޅު ކައުންސިލުން އޭދަފުށީގައި ތައްޔާރުކުރަމުންދާ ޑްރައިވިންގް ޓްރެކްގެ މަސައްކަތް ނިމި އަންނައަހަރު ކުރީކޮޅު އެތަން ބޭނުންކުރަން ފެށޭނެކަމަށް އެކައުންސިލުން ބުނެފިއެވެ.

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ހެދުމަށް ބޭނުންވާ ޓްރެކްއެއް ހެދުމުގެ މަސައްކަތް ބ. އަތޮޅު ކައުންސިލުން ފެށީ މިއަހަރުގެ މެދުތެރޭގައެވެ. އަމިއްލަ ބަޔަކާ ހަވާލުކޮށްގެން އޭދަފުށީ ހުޅަނގުކޮޅުގައި ހަދަމުންދާ މިޓްރެކް ސަރަހައްދުގެ ވަށާފާރު ރާނައި، ބިންސާފުކޮށް ވަނީ ނިމިފައެވެ.

ބ. އަތޮޅު ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ޣައްސާމް މުހައްމަދު ވިދާޅުވީ ޑްރައިވިންގް ޓެރެކްގެ މަސައްކަތުެ ތެރެއިން މިހާރު ކުރިޔަށްދަނީ ގައު އެތުރުމަށްޓަކައި އެމަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ މިމަސައްކަތް އަންނަ ޖަނަވަރީ މަހުގެތެރޭގައި ނިންމާލެވޭނެކަމަށެވެ.

“ޖަނަވަރީ މަސްތެރޭގައި ގާއެތުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް ގަބޫލުކުރެވެނީ. މިހާރު މަސައްކަތް ކުރިޔަށްދާ ސްޕީޑަށްބަލާއިރު އަންނަ އަހަރުގެ ކުރީކޮޅު ޓްރެކްގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމޭނެކަމަށް މިބެލެވެނީ” ޣައްސާމް ވިދާޅުވިއެވެ.

ޣައްސާމް ވިދާޅުވީ މިމަސައްކަތް މިހާ ދިގިދެމިގެންދިޔައީ، ފައިސާގެ ދަތިކަންވެސް ދިމާވެގެންކަމަށާ، ނަމަވެސް މިހާރު މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދެވޭނެކަމަށެވެ.

ބ. އަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ބާއްވަމުން އަންނަނީ ބ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން އޭދަފުށީގައެވެ. މިވަގުތު މިއިމްތިހާން ބާއްވަމުން އަންނަނީ އޭދަފުށީ ރަސްމީ ސްޓޭޖް ސަރަހައްދުގެ ވެލި ބިމުގައެވެ. ބ. އަތޮޅު ކައުންސިލުން ބުނީ މިއިމްތިހާން ރަނގަޅުފެންވަރެއްގައި ކުރިޔަށްގެންދިއުމަށްޓަކައި ޑްރައިވިންގް ޓްރެކެއް ހެދުމުގެ މިހާރުން މިހާރަށްވެސް ވަރަށްބޮޑަށް ބޭނުންވެފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top