ފެހެންދޫގައި އާ އިންޖީނުގެއެއް އަޅަން ބަޔަކާ ހަވާލުކޮށްފި

DSCN2211.jpg

ފެހެންދޫ އިންޖީނުގެ - ފޮޓޯ : އޭދަފުށި ވޮއިސް

ބ.ފެހެންދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އެޅުމަށް ތްރީ ބްރަދާސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ މިއަދު ހަވާލު ކޮށްފިއެވެ.

ފެނަކައިން ހިންގާ މި އިންޖީނުގޭގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި، ހަވާލުކޮށްފައި ވަނީ 1.9 މިލިއަން ރުފިޔާ އަށް 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ، ފެހެންދޫގެ އިންޖީނުގެއަކީ، މިހާރު ރާއްޖޭގައި ހުރި އިންޖީނުގެ ތަކުގެ ތެރެއިން އެންމެ އަވަހަށް ބަދަލެއް ގެންނަން ޖެހިފައި ހުރި އިންޖީނުގެއެއް ކަމަށާއި އެ އިންޖީނުގޭގެ ވާހަކަ މީގެ ދުވަސްތަކެއް ކުރިން ސޯޝަލް މީޑިޔާގައިވެސް ދެކެވުނު ކަމަށެވެ.

“އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ  ބ. ފެހެންދޫގައި އިންޖީނުގެއެއް އަޅައި ރައްޔިތުންނަށް ފެނަކައިން އިން އެރަށަށް ދެމުންގެންދާ މި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދާއިމީ ހައްލެއް އެތަނަށް ލިބިގެންދާނެ”. ޝަރީފް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top