”އިދިކޮޅުން އަބަދު ވެސް އުޅެނީ ސަރުކާރުގެ މަޝްރޫއުތައް ފެއިލްކޮށްލަން“

large_178650981914kNci.png

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން: ވިދާޅުވީ އިދިކޮޅުން އަބަދު ވެސް އުޅެނީ ސަރުކާރުގެ މަޝްރޫއުތައް ފެއިލްކޮށްލަން ކަމަށް -- ފޮޓޯ: މަޖިލިސް

އެ އިރެއްގައި އިދިކޮޅުގައި ތިބޭ ބަޔަކު އަބަދުވެސް މަސައްކަތްކުރާނީ ސަރުކާރުން ކުރާ ކަންކަން ފެއިލްކޮށްލަން ކަމަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ކައުންސިލުތަކުގެ ދަށުން ވަކިކުރުމުގެ ބާރު ސަރުކާރަށް ދިނުމާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަށް ބަހުސްކުރައްވަމުން  ޢަބްދުލްޙަންނާން ވިދާޅުވީ، އެ ބިލުގެ ބޭނުމަކީ ކައުންސިލުތަކާއި މައި ސަރުކާރާ އޮންނަ ގުޅުން ހަރުދަނާކުރުން ކަމަށެވެ.

އެ ބިލުގައި އޮތީ ކައުންސިލުތަކުގެ އިހްތިޞާޞްގައިވާ ބިންތައް ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، އާންމުންގެ ފައިދާއަށް އެ ބިންތަކުގައި މަޝްރޫއުތައް ހިންގާ ވާހަކަ ކަމަށް ޢަބްދުލްޙަންނާން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުުގައި އެއްވެސް ހާލެއްގައި ސަރުކާރުގެ ބެލުމުގެ ދަށަށް ކައުންސިލުތަކުގެ އިހްތިޞާޞްގައިވާ ބިންތައް ނަގަނީއެއް ނޫނެވެ.

”އެހެންވީމާ މިއީ ވަރަށް ބޮޑު ކުށްހީއެއް އިނގޭތޯ، އަޅުގަނޑު ގަބޫލުކުރަން ވާދަވެރި ފަރާތްތަކުން އަބަދު ވެސް ބަލާނީ އެ ވެރިކަމުގައި ތިބޭ ބަޔަކާ ތޮޅިގެން ނަމަވެސް އަދި އެހެން ގޮތަކަށް ނަމަވެސް އެ މީހުން (ސަރުކާރުން) އެ ކުރާ ކަމެއް ފެއިލްކުރުމަށްޓަކައި،”  ޢަބްދުލްޙަންނާން ވިދާޅުވިއެވެ.

މި އިޞްލާހުގެ ދަށުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ ދަށުން ބިން ވަކިކޮށް ސަރުކާރަށް ނެގޭނެ ގޮތަށް އޮތުމުން، އެކަމަށް ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު މި ބިލު ބަލައިގަތް ނަމަވެސް، މިއީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވަނީ ވިދާޅުވެފައެވެ.

ކައުންސިލްގެ ބާރުތައް ކުޑަކޮށް އެ ބާރުތައް ސަރުކާރަށް ލިބޭގޮތަށް ހަދައިފައިވާ އެ ބިލުގެ ބަހުސް އެއް ދުވަހުން ނިންމައިލައި ދިރާސާކުރަން ފޮނުވީ މި މަހުގެ 10ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top