ހިލަބާޖު ބަނދަރަށް ވައްދަން އުޅެނިކޮށް ނެރުމައްޗަށް ބީހި ނެރު ބަންދުވެއްޖެ

10151211_10152053297187918_1893857250_n.jpg

އޭދަފުށިން ބިންހިއްކުމަށްފަހު އެސަރަހައްދުގައި ރިވެޓްމަންޓް ޖެހުމަށް ބޮޑުހިލަ ހިފައިގެން އައި ބާޖު މިއަދު އޭދަފުށީ ބަނދަރަށް ވައްދަން އުޅެނިކޮށް ބަނދަރުގެ ނެރުމަތީގައި ބާޖު ބީހި ނެރުމަތި ބަންދުވެއްޖެއެވެ.

މިކަން ހިނގީ މިއަދު މެންދުރު 2 ޖަހާ އެހާކަން ހާއިރު ޓަގުބޯޓެއްގައި ޖަހައިގެން ބާޖު ވައްދަން އުޅެނިކޮށެވެ. ބާޖު ފަޅުތެރެއަށް ވެއްދޭތޯ ޓަގުބޯޓާ، ބަދަރުގައި އޮތް ހައިމާކެއްގެ އެހީގައި ފަހުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

ފަޅުތެރެއަށް ނުވެއްދިގެން ބާޖު އެންމެފަހުން 2:40 އެހާކަން ހާއިރު ވަނީ ކަނޑަށް ފުންކޮށްލާފައެވެ. ބާޖު ނެރުމަތީގައި ބަންދުވުމުގެ ސަބަބުން އެވަގުތު ފަޅަށް ވަންނަން އައި ބައެއް އުލަނދުތަކަށް ފަޅަށް ވެއްދުން ލަސްވެފައިވެއެވެ.

ހިލަބާޖު ނެރުމަތީގައި ބީހިފައިވާއިރު، ޓަގުބޯޓުން ބާޖު އެތެއަށް ވެއްދުމަށް މަސައްކަތް ކުރަނީ / އީވީ ފޮޓޯ: ފާރިހް އަހްމަދު

ހިލަބާޖު ނެރުމަތީގައި ބީހިފައިވާއިރު، ޓަގުބޯޓުން ބާޖު އެތެއަށް ވެއްދުމަށް މަސައްކަތް ކުރަނީ / އީވީ ފޮޓޯ: ފާރިހް އަހްމަދު

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top