ޗެމްޕިއަންސް ލީގްގެ ކުއާޓަރ ފައިނަލްގެ ފޯރިގަދަ މެޗުތަކެއް މިރޭ

ބާސެލޯނާއާ، އެތްލެޓިކޯ މެޑްރިޑް މިސީޒަންގައި ކުޅުނު މެޗެއްގެ ތެރެއިން. މިރޭ މިދެޓީމްވެސް ކުޅޭނެ / ފޮޓޯ ގެޓީ އިމޭޖަސް

ބާސެލޯނާއާ، އެތްލެޓިކޯ މެޑްރިޑް މިސީޒަންގައި ކުޅުނު މެޗެއްގެ ތެރެއިން. މިރޭ މިދެޓީމްވެސް ކުޅޭނެ / ފޮޓޯ ގެޓީ އިމޭޖަސް

ކްލަބް ފުޓްބޯޅައިގައި ކުޅެވޭ އެންމެ ފޯރިގަދަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗުތަށް މިރޭ ކުޅެވިގެންދާނެއެވެ.

ސްޕެނިޝް ލީގުގައި މިހާރު ވާދަވެރިކަން ބޮޑުވެފައިވާ ދެ ކްލަބް ބާސެލޯނާ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް މިރޭކުޅޭ މެޗަކީ މި ސީޒަނުގައި މި ދެ ޓީމް ކުޅޭނެ ހަތަރުވަނަ މެޗެވެ. ކުރިން މި ސީޒިނުގައި ކުޅުނު ކޮންމެ މެޗެއްވެސް ވަނީ އެއްވަރުވެފައެވެ.

17 އަހަރަށްފަހު ކުއަރޓަރ ފައިނަލަށް ކޮލިފައިވި އެތްލެޓިކޯ މެޑްރިޑްގެ މިޑްފީލްޑަރ ރައުލް ގާސިއާ އަށް ސަސްޕެންޝަންގެ ސަބަބުން މިރޭ މެޗުގައި ނުކުޅެވޭނެއެވެ. ބާސެލޯނާ އަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ އެޓީމުގެ 1 ނަމްބަރ ގޯލްކީޕަރ ވިކްޓަރ ވަލްޑޭސް އަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. އޭނާ ކުޅުމާ ދުރުގަ 7 މަސްދުވަސް ހޭދަކުރަން ޖެހުމާއެކު އޭނާ އަށް ވަނީ މިފަހަރުގެ ވޯލް ކަޕްގެ ސްޕެއިން ޓީމުންވެސް ޖާގަ ގެއްލިފައެވެ.

“މިރޭ މެޗް އެހާ ފަސޭހައެއް ނުވާނެ. ނުކުންނާނީ މޮޅުވަން. އަނެއްކާވެސް އެއްވަރު ވާކަށް ނޫން.” މެޗްގެ ޕްރެސް ކޮންޕަރަންސްގައި ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗް މާޓިނޯ ބުންޏެވެ.

މިރޭ ކުޅޭ އެހެން މެޗަކަށް ބަލާލާއިރު ޖަރުމަނު ލީގު މީގެ ދެ ހަޕްތާއެއް ކުރިން ބާކީ 7 މެޗު އޮށްވައި ލީގު ކަށަވަރު ކުރި އަދި ޗެމްޕިއަންސް ލީގް ތަށި ދިފާއު ކުރުމަށް ކުޅޭ ބަޔާން މިއުނިކް މިރޭ ނުކުންނާނީ އިނގެރޭސިވިލާތުގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑް އާ ދެކޮޅަށެވެ.

އެންމެންގެ ހިތުގަ މިހާރު އުފެދިފައިވާ ސުވާލަކީ މި ސީޒަނުގައި ޑޭވިޑް މޮއިސް ހަވާލުވި ފަހުން މެންޗެސްޓަރ ޔުނައިޓެޑް ދައްކަމުންދާ ދަށް ނަތީޖާތަކާއެކު ދާދި ފަހުން ޖަރުމަނު ލީގުގައި ބަލިނުވެ 50 މެޗު ހަމަކޮށްފައިވާ ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދިދާނެބާއެވެ؟ ފާޑު ކިޔުންތަށް އަމާޒުވެފައިވާ ޑޭވިޑް މޮއިސް އަށް ބަޔާންމިއުނިކް ކަހަލަ ޓީމެއް ބަލިކޮށްލަން މިއީ ރަނުގެ ފުރުސަތެކެވެ. ސަބަބަކީ މިސީޒަންގައި މާޔޫސްވެފައި ތިބި ޔުނައިޓެޑްގެ ސަޕޯޓަރުންގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެސްދެވޭނީ ގޮތަކީ މިއީ ކަމަށް ވާތީއެވެ.

ބަޔާން މިއުނިކްގެ ޑިފެންޑަރ ޑަންޓޭ އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ޕެޓްރިސް އެވްރާ އަށް މިރޭ ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭނެއެވެ. އަދި ކުރީގެ ބާސެލޯނާގެ ކުޅުންތެރިޔާ ބަޔާން މިއުނިކްގެ ތިއާގޯ އަލްކަންތްރާ އަށްވެސް އަނިޔާގެ ސަބަބުން މިރޭގެ މެޗު ނުކުޅެވޭނެއެވެ.

މިރޭގެ މެޗުތަށް ކުޅޭނީ ރާއްޖޭ ގަޑިން 23:45 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top