ވޯޓުލުން ފެށިގެން ކުރިއަށް

ގދގ-1.jpg

މިއަދު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިގެ ކުރިއަށް އެބަދެއެވެ.

އޭދަފުށީގައި މިއަދު ވޯޓު ލާން ފަށާފައިވަނީ އެހެން ރަށްރަށެކޭ ވެސް އެއްފަދއިން ހެނދުނު 8:00 އިން ފެށިގެންނެވެ. އެއީ އިލެކްޝަންސް ކޮމިޝަނުން ވޯޓު ލާން ފަށަން ކަނޑައަޅާފައިވާ ގަޑިވެސް މެއެވެ. ވޯޓުލުން ކުރިއަށް ދާނީ މިއަދު ހަވީރު 5:30 ހަމައަށެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މި ގަޑި އެންމެ މިނެޓަކަށްވެސް އިތުރު ނުކުރެވޭނެ ކަމަށާއި ހުރިހާ ރައްޔިތުންވެސް ގަޑިއަށް ސަމާލުކަންދީ ވޯޓު ލާން ދިޔުމަށް އެދޭ ކަމަށެވެ.

ވޯޓުފޮށި ބަންދުކުރާތާ 30 މިނެޓް ތެރޭ ފޮށިތައް ގުނަން ފަށާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް މި ދައުރު ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ ޕީޕީއެމް/ޕީއެންސީ އިން ވާދަކުރައްވާ މިދާއިރާގެ މެންބަރު އަހުމަދު ސަލީމާއި އެމްޑިޕީން ވާދަކުރައްވާ އަބްދުލްހަމީދު މުހައްމަދު (ހަމީދު) އަދި ޖުމްހޫރީ ޕާޓިން ވާދަކުރައްވާ މުހައްމަދު ނާސިރުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ޔާސިރު ހުސައިން އާއި އަބްދުﷲ ވިސާމެވެ.

މިފަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން 368 ކެނޑިޑޭޓުން ވާދަކުރައްވާއިރު 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top