ތިބާ ލިޔެ، ބުނެއުޅޭ ކޮންމެ ބަހަކާއި މެދު ސުވާލު ކުރެވޭނެ: ޚުތުބާ

DSCN2888.jpg

އޭދަފުށީ މަސްޖިދު މުއީނުއްދީން ---އީވީ ފޮޓޯ

ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ގިޔާމަތް ދުވަހު އެއާމެދު ސުވާލުވެވޭނެ ޖުމްލައެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މުއުމިނުންގެ ސިފަތަކުގެ މައްޗަށް ބިނާކޮށް މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ހަގީގަތާ ދުރު ކަންކަމުގައި މަޝްޣޫލުވެ އުޅުމަކީ ދެރަކަމެއް ކަމަށެވެ. އަދި ހަގީގަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި، ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ގިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ނަސޭހަތްތެރި ވެފައި ވެއެވެ.

”ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ، ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމާށެވެ! މާތް ﷲ ވަޙީކުރައްވާފައިވައިވާ އާޔަތެއްގައި މާނާގައިވެއެވެ. އަދި އެބައިމީހުންނީ ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތް މީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ.“ ހުތުބާގައި ބުންޏެވެ.

ކޮންމެ މީހަކީ ވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ހަވާލުވެފައިވާ މީހެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫން ކަމަށެވެ.

”އަމާނާތުގެ ވައްތަރުތައް ވަރަށް ވެސް ގިނައެވެ. އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ހަވާލުކުރައްވާފައިވާ އެ ކަލާނގެ ފަރުޟުތަކެވެ. ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ހައްޖެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތަކެވެ. އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީ ވެސް އަމާނާތެއް،” ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން މުއުމިނުންނަކީ ނަމާދުގައި މަޑުމޮޅިވެ، އެ ނަމާދު މާތް ﷲ ގަބޫލުކުރައްވާނޭ ކަމުގެ އުންމީދުގައި ތިބެ އެ ކަލާނގެ އަޒާބަށް ބިރުވެތިވެ ނަމާދުކުރާ މީހުން ކަމުގައި ޚުތުބާގައި ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top