ކިހާދުއާއި މާޅޮހަށް ޖެނެރޭޓަރު ފޮނުވަނީ

viber_image_2024-04-17_17-59-18-649-750x375-1.jpg

ބ. ކިހާދުއާއި ބ. މާޅޮހުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން އެ ދެރަށަށް ޖެނެރޭޓަރު ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ކިހާދުއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 250 ކިލޯ ވޯޓުގެ ޖަނެރޭޓަރަކާއި މާޅޮހަށް 400 ކިލޯ ވޯޓުގެ ޖެނެރޭޓަރެކެވެ.

ފެނަކަ އިން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ، ކަސްޓަމުން ކްލިޔާ ކޮށް އެ ދެރަށަށް ޖެނެރޭޓަރުތައް ފޮނުވުމުގެ މަސައްކަތް ކަމަށެވެ.

މިދެރަށާއެކު ނ. މާފަރަށް 400 ކވ. , ރ. މާކުރަތަށް 400ކވ.ގެ އިތުރުން ނ.ހެނބަދޫއަށް 250 ކވ., ރ. އަލިފުއްޓަށް  600 ކ. އަދި ށ. މަރޮއްޓަށް 250 ކ.ގެ ޖނެރޭޓަރ ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް ފެނަކަ އިން ވިދާޅުވި އެވެ.

ކަރަންޓުގެ މައްސަލަ އާއި ގުޅިގެން

ރާއްޖެތެރޭގެ ރަށްރަށުގެ ކަރަންޓުގެ ހާލަތާ ބެހޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކައިގެ ބްރާންޗްތަކުގެ ހާލަތު ހުރީ ވަރަށް ދައްކޮށް ކަމަށާއި ހަމައެކަނި ކުންފުނި އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރާފައި އޮތީ އެކެނި ނޫންކަމަށެވެ. ފެނަކައިގެ ޖެން ސެޓް ތަކާއި އެކި އާލާތްތްތައް ހުރީ އެއްވެސް ވަރަކަށް މެއިންޓެނެސްގެ މަސައްކަތް ނުކޮށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުއިއްޒު “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި ކުރެވުނު ސުވާލަކާ ގުޅިގެން ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top