ރާއްޖެއިން އޮމިކްރޯން ވޭރިއެންޓު ފެނިއްޖެ

Capture_744.jpg

ރާއްޖެއިން ކޮވިޑުގެ އާ ވޭރިއެންޓު، އޮމިކްރޯން ފެނިއްޖެއެވެ.

މިކަން ޔަގީން ކޮށްދެއްވަމުން ރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ރާއްޖެއިން އޮމިކްރޯންގެ ފުރަތަމަ ކޭސް ފާހަގަކުރެވިފައިވަނީ ކޮވިޑަށް ޕޮޒިޓިވްވި ފަތުރުވެރިއެއްގެ ސާމްޕަލުންނެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ފަތުރުވެރިއެއް ކަން ހާމައެއް ނުކުރެއެވެ.

ދެކުނު އެފްރިކާގެ ގައުމަކުން ފުރަތަމަ ފެނުނު އެ ވޭރިއަންޓް މިހާރު ވަނީ ދިވެހީން އާންމުކޮށް ގޮސް އުޅޭ އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިއާ އިން ވެސް ފެނިފައެވެ. އެ ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ބޯޑަރުތައް ބަންދުކުރަން ވެސް ފަށައިފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށުމާއެކު މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ވެސް ވަނީ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން އެ ދުވަހުން ފެށިގެން ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން ނުހިމެނޭ ގޮތަށް، ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން ރާއްޖެއަށް މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ. އަދި އޭގެ ތެރޭގައި ރާއްޖެ އައުމުގެ 14 ދުވަސްކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނަ އިރު، ޓްރާންސިޓްވެފައިވާ މީހުން ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top