ކެންދުއަށް އެމްބިއުލާންސެއް ފޮނުވަނީ

FF6OBWhVIAQwQj9-e1638783475757.jpg

ރާއްޖޭގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސް ހަމަކޮށްދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން ބ.ކެންދުއަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފިކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް ޓަކައި ހަވާލުކޮށްފައިވަނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއާ އެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ގެނެސް ހަވާލުކުރަން ޖެހެއެވެ. މި އެމްބިއުލާންސްތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓްގައި 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ދެވަނަ ޝިޕްމަންޓުގައި ގެނައި 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

މިފަހަރު ގެނައި އެމްބިއުލާންސްތައްވެސް ފޮނުވުމަށް ހަމަޖެހިފައިވަނީ މި ދަނޑިވަޅަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށެވެ. އެގޮތުން މި ފަހަރު ގެނައި 20 އެމްބިއުލާންސްގެ ތެރެއިން ކެންދުއާއެކު ޖުމްލަ 20 ރަށަކަށް މިހާރުވަނީ އެމްބިއުލާންސް ފޮނުވަން ފަށާފައެވެ.

އެސްޓީއޯއިން ބުނީ ބާކީ ނުގެނެވި އޮތް 56 އެމްބިއުލާންސްވެސް ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

މިއީ މުޅިން އަލަށް ތައްޔާރުކޮށްގެން ގެންނަ އެމްބިއުލާންސްތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top