ޓީޗަރުންނަށް ޓީޗަރސްލައިސަންސް

Pres-chool-kids.jpg

ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންނަކީ އެޑިއުކޭޝަން މިނިސްޓްރީ އިން ގަބޫލުކުރާ ޓީޗަރުންކަން ކަނޑައަޅައި ވަކި ލައިސަންސެއްގެ ދަށުން މަސައްކަތްކުރާ ބަޔަކަށްހެދުމުގެ ގޮތުން ޓީޗަރސްލައިސަންސް ދޭގޮތަށް ހަމަޖައްސަން މަސައްކަތްކުރަމުން ދާކަމުގައި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމްޝަރީފް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ޓީޗަރސް ލައިސަންސްދޫކުރަން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި މި އަހަރުގެ ތެރޭގައި ޓީޗަރުން ރަޖިސްޓްރީ ކުރަންފަށަައި އަންނައަހަރު ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާޓީޗަރުންނަކީ ލައިސަންސްގެ ދަށުން މަސައްކަތްކުރާ ބައެއްގެ ގޮތަށް ހަމަޖެހިގެން ދާނެކަމަށް ވިދާޅުވިއެވެ.

އާދަމް ވިދާޅުވިގޮތުގައި ޓީޗަރެއްގެ އެންމެ ދަށް ފެންވަރަކީ ޑިޕްލޮމާކަމަށް ވާއިރު އެފެންވަރުނެތް ޓީޗަރުންނަށް ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ މަގު އެޑިއުކޭޝަން މިނިސްޓްރީއިން ފަހިކޮށްދީފައިވާކަމަށާއި އެޑްވާންސް ސެޓްފިކެޓް ލިބިފައިވާ ޓީޗަރުންނާއި އެއްވެސް ތަމްރީނެއް ލިބިފައި ނުވާ ޓީޗަރުންނަށްވެސް ތަމްރީނުހޯދުމުގެ ފުރުސަތު ފަހިކޮށްދެމުން ދާކަމަށް ވިދާޅުވިއެވެ.

ޓީޗަރސް ލައިސަންސް ހޯދުމަށް މިނިސްޓްރީއޮފް އެޑިއުކޭޝަނުން އިއުލާންކުރުމުން ކަމާބެހޭ ލިޔެކިއުންތައް ހުށަހަޅައިގެން ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން މި ލައިސަންސް ހޯދަންޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top