އޭލެވެލް އިމްތިހާނު އޮކްޓޫބަރާ ހަމައަށް ފަސްކޮށްފި

10561816_1286835591342988_371612363775706682_n-800x531-800x531.jpg

އަންނަ ޖޫން މަހާއި ޖުލައި މަހު ބާއްވަން ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނު، އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީންނިންމަވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގު މުއްދަތަކަށް ބަންދު ކުރަން ޖެހުމުގެ ސަބަބުން މި އަހަރުގެ މޭ އަދި ޖޫން ގައި ބާއްވަން އޮތް އޭލެވެލް އިމްތިހާނު މި އަހަރު އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅިގެން އިމްތިހާން ފަސްކުރަން ނިންމި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި ނަމަވެސް އިނގިރޭސިވިލާތުގެ ކޭމްބްރިޖުން ވެސް ވަނީ މިއަހަރުގެ މެއި ޖޫންގައި ބާއްވަން ނިންމާފައިވާ ބައިނަލްއަގުވާމީ އިމްތިހާންތައް ވެސް ނުބާއްވަން ނިންމާފައެވެ.

އެ ޔުނިވާސިޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލުތަކެއް ބަންދު ކޮށްފައި ވާތީ އިމްތިހާން ބޭއްވޭނެ މާހައުލެއް އޮތްކަމަށް ނުފެންނާތީ ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ މެއި އަދި ޖޫން މަހުގެ އިމްތިހާން ނުބާއްވަން ނިންމައިފައިވާ ކަމަށެވެ.

މި އަހަރު ބާއްވާ އޭލެވްލް އިމްތިހާނުގައި ސްކޫލް ސެންޓަރުުތަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން 1529 ދަރިވަރުން ބައިވެރިވެ އެވެ. އެއީ މާލެ އާއި އަތޮޅުތަކުގެ ތެރެއިން 37 ސްކޫލް ސެންޓަރުން ބައިވެރިވާ ދަރިވަރުންނެވެ.

އޯ ލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ ކެމްބްރިޖް އިމްތިހާނެވެ. އޭ ލެވެލްގައި ހަދަނީ އެޑެކްސެލް އިމްތިހާނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top