މާސްކު އެޅުން މަޖްބޫރު !

Mask_SMP.jpg

ރާއްޖޭގައި ކޮވިޑް -19  ހަލުވި މިނެއްގައި ފެތުރެމުންދާތީ އާއްމު ތަންތަނުގައި އުޅޭ އިރު މާސްކު އެޅުން މަޖްބޫރު ކޮށްފި އެވެ.

ގެއިން ބޭރަށް ނުކުންނައިރު މާސްކް އެޅުން މަޖުބޫރު ކުރީ ހަމައެކަނި މާލެ ސަރަަހައްދުގައި ކަމެއް ނުވަތަ މުޅި ރާއްޖޭގައި ކަމެއް ސާފެއް ނުވެ އެެވެ. ހެލްތް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ބުނީ މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ އިތުރު ތަފްސީލު ދެއްވާނެ ކަމަށެވެ.

ރައީސް އޮފީހުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މާސްކް އެޅުން މަޖުބޫރު ކުރަން ނިންމީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވޭތުވެދިޔަ ދެ ހަފްތާގައި ގިނަވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނެޝަނަލް ޓާސްކް ފޯހާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

އަދި ކޮންޓެކްޓުން މަދުވާނެ ގޮތްތަކަށް އަމަލުކޮށް ގިނަގިނައިން އަތްދޮވެ، ގޭގައި މަސައްކަތްކުރެވޭ ނަމަ އެފަދަ އިންތިޒާމުތައް ހަމަޖައްސައި، ގައިދުރުކަން ބެހެއްޓުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުގެ އެ ޓުވީޓުގައި ޓުވިޓާގައި މިހާރު މަޝްހޫރު ބައެއް ހޭޝް ޓެގްތައް ބޭނުންކޮށްފައިވެއެވެ. އެގޮތުން އަތް ދޮވުމާއި ރައްކާތެރިވެގެން ތިބުމަށާއި ގޭގައި ތިބުން ފަދަ ކަންކަން ކުރުމަށް ހޭޝް ޓެގްގެ ޒަރިއްޔާ އިން ބާރު އަޅާފައިވެއެވެ.

ރާއްޖެ އަލުން ފުރަބަންދަކަށް ދިޔުމަކީ އެއްވެސް ބައެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން ކަމަށް އެންމެންނަށް އެއްބަސްވެފައިވާ ކަމަށް ވެސް ރައީސް އޮފީހުގެ ޓުވީޓުގައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top