އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުތައް ސެމީފައިނަލަށް

b2.jpg

14ވަނަ އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގެ ތެރއިން. ފޮޓޯ: ހަރުޝާ

މިހާރު ކުޅެވެމުންދާ 14ވަނަ އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިކޮށްފައިވާ ޓީމުތައް ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފިއެވެ.

ޓީމު އިވެންޓްގައި ބއތމ.އިން ބައިވެރިކުރި ތިން ޓީމް ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ގްރޫޕްތަކުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

19އަހަރުންދަށުގެ ފިރިހެން ޓީމު ސެމީފައިނަލާ ހަމައަށް އައިސްފައިވަނީ ރ.އަތޮޅު ތައުލީމީ މަރުކަޒާ ބައްދަލުކޮށް 4-1ން މޮޅުވެގެންނެވެ. ސެމީ ފައިނަލްގައި އެޓީީމް ވާދަކުރާނީ މުލަކު ސްކޫލާއެވެ

bed1

16އަހަރުންދަށުގެ އަންހެން ޓީމް ސެމީއާހަމައަށް އައީ ޅ. އަތޮޅު ތައުލީމީ މަރުކަޒާ ބައްދަލުކޮށް ސީދާ 5 ސެޓުން މޮޅުވެގެންނެވެ.

14އަހަރުން ދަށުގެ ފިރިހެންޓީމް ސެމީ ފައިނަލަށް އައީ ރޭ އިމާދުއްދީން ސްކޫލާ ބައްދަލުކޮށް 4-1ން މޮޅުވެގެންނެވެ.

17 ސްކޫލަކުން ބައިވެރިވާ މި މުބާރާތް ނިމޭނީ މި މަހުގެ 25ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top