ދީޕިކާ މިހެދީ ކިހިނެއް؟

deep-1024x576.jpg

ދީޕިކާ ޕަޑުކޯން އެނބުރި މުމްބާއީއަށް އަތުވެއްޖެއެވެ. ދިޕިކާ އިންޑިއާއަށް މިއައީ ކެނެޑާާގައި ޝޫޓްކުރަމުންދާ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމް “ޓްރިޕަލް އެކްސް ” ގެ ޝޫޓިންގ މެދުކަނޑާލުމަށްފަހު އޭނާގެ ގާތް ރަހްމަތްތެރިއެއްގެ ކައިވެންޏަށް ސްރީލަންކާއަށް ދިއުމުގެ މަގުމަތީގައެވެ.

ރިޕޯޓްތައް ބުނާގޮތުން އިއްޔެ ވަރަށް ހަވީރުން ފެށިގެން ދީޕިކާ އުޅެމުން ދިޔައީ އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުއާއެކު ރަންބީރުގެ ފްލެޓްގައެވެ.

ރަންބީރުއާ ކެޓްރީނާގެ ލޯބީގެ ގުޅުން ނިމުމަށްފަހު ރަންބީރުއާ ދީޕިކާ އަލުން ގުޅެފާނެކަމުގެ އަޑުތައް އަރައިގެން ގޮސްފައިވަނިކޮށް މިހާ ހަވީރުގެ ވަގުތެއްގައި ރަންބީރުގެ ފްލެޓްގެ ޓެރަސްމަތީން ފެނިފައިވާއިރު ދީޕިކާގލޯބިވެރިޔާކަމަށް ބުނާ ރަންވީރުސިންގއަށް ވާނީ ކިހިނެއްބާއެވެ. ހަމަ އަސްލުވެސް މި ދެ ލަވްބާޑް އަނެއްކާވެސް ގުޅެނީ ބާއެވެ.

ރަންވީރު މިވަގުތުހުރީ ޓޮއިފާ އެވޯޑްގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޑުބާއީގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top