އަކްޝަރާ ކައިވެނި ކުރަނީ ؟

hina-khan-boyfrnd-759.jpg

ހީނާ އާއި ރޮކީ

ޔޭރިޝްތާ ކިޔާ ކެހެނާހޭ “ގެ އަކްޝަރާ (ހީނާ ޚާން ) ކައިވެންޏަށް ތައްޔާރުވަމުންދާކަމުގައި ބޮލީވުޑް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އިންޑިއަން އެކްސްޕްރެސް އަ ވާހަކަ ދައްކަމުން އަކްޝަރާގެ ގޮތުގައި ޓީވީއިން މަޝްހޫރުވެފައިވާ ހީނާ ޚާން ބުނީ ، ދިރިއުޅުން އާ ފޭސް އަކަށް ގެންދަން ގަސްދުކުރާ ކަމަށާއި ކައިވެނީގެ ޕްލޭން ކުރެވެމުންދާ ކަމުގައެވެ.

އުމުރުން 28 އަހަރުގެ ހީނާ ކައިވެނި ކުރަނީ ، ކުރިން “ޔޭރިޝްތާ ކިޔާ ކަހެނާހޭ” ގެ ސްޕަވައިޒިންގެ ޕްރޮޑިއުސަރ ރޮކީ ޖައިސްވާލް އާއެވެ.

ކައިވެންޏާ ބެހޭގޮތުން ރޮކީ އަދި އެއްވެސް ވާހަކަ އެއް މީޑިއާގައި ނުދެއްކި ނަމަވެސް  ވަރަށް އަވަހަށް މި ކައިވެނި ކުރެވިގެން  ދާނެކަމުގައި ޚަބަރުތައް ބުނަމުން ދާއިރު  މިއީ ރޮކީއާއި ހީނާގެ ކައިވެނީގެ ވާހަކަ ދެކެވޭ ފުރަތަމަ ފަހަރު ނޫންކަންވެސް  ފާހަގަ ކުރެވިގެން ދެއެވެ. މި ދިޔަ އަހަރުގެ މެދުތެރޭގައިވެސް މި ދެމީހުން ޑިސެމްބަރ 2015ގައި ކައިވެނި ކުރަން ހަމަޖެހިފައިވާކަމުގެ އަޑުތައް އަރައިގެން ދިޔައެވެ.

ހީނާ އާއި ރޮކީގެ ކައިވެނީގެ ވާހަކަ ދެކެވެމުން ދާއިރު މިއަހަރަކީ ޓީވީގެ ގިނަ ތަރިންތަކެއް ކައިވެނި ކޮށްފައިވާ އަހަރެކެވެ. އެލިސްޓްގައި ސަނާޔާ އިރާނީ އާއި މޯހިތު އަދި ޔޭހޭ މުހައްބަތޭން ގެ އެކްޓްރެސް ދިވްޔަންކާ އާއި ވިވެކް ހިމެނެއެވެ.

13643718_149280238844748_886621123_n(1)

ހީނާގެ ކައިވެނީގެ ވާހަކަ ނޫސްތަކުގެ ހެޑްލައިނުން ޖާގަ ހޯދާފައި މިވަނީ  ދާދި ފަހުން ސިއްހީ މައްސަލަ ތަކެއް މެދުވެރިވެގެން އޭނާ ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ދިޔަ ހިސާބުންނެވެ. ހީނާ  ޑޮކްޓަރަށް ދައްކާފައިވަނީ ބަނޑުގެ މައްސަލަތަކެއް މެދުވެރިވެގެންކަމުގައި މީޑިއާއިން ރިޕޯޓްކޮށްފައިވާއިރު އަނެއްކާ މިއީ އޭނާ ބަލިވެއިނީ ނޫންބާއޭ ބުނެ ރިޕޯޓަރުން ސުވާލު އުފައްދާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top