ގާޒީ ހަމީދު އޭދަފުށި ކޯޓަށް ބަދަލު ކޮށްފި

big_eAMolXNtv3FtNGikRRivrNW5d-800x534-nybj0a9bfzlwcmt6hudk4fs9vf6t0mdhpjlnoc58dm.jpg

ދަރަވަންދޫ ރޯޒްމީޑް، އަބްދު ﷲ ހަމީދު، ފަނޑިޔާރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ފޮޓޯ އެއް

ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، ބ.ދަރަވަންދޫ ރޯޒްމީޑް އަބްދުﷲ ހަމީދު، އޭނާގެ އެދިވަޑައިގަތުމަކަށް އޭދަފުށީ ކޯޓަށް ބަދަލުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނި ގޮތުގައި ގާޒީ އަބްދުﷲ ހަމީދު އޭދަފުށީ ކޯޓަށް ބަދަލުކުރެއްވީ ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާއި، އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އޭނާގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.

ބ. އޭދަފުށީ ކޯޓުގައި މެޖިސްޓްރޭޓަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވީ، މަރްޔަމް އިފްހާމް ނާޝިދުއެވެ. އިސް މެޖިސްޓްރޭޓަކު ނުހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top