ޒައިނަބު ރޭޕްކުރުމަށްފަހު މަރާލި މީހާ ، މަރަން ހުކުން ކޮށްފި

big_5WcJx6FBQeeHieg.jpg

ޕާކިސްތާނުގައި އުމުރުން ހަ އަހަރުގެ ޒައިނަބު އަންސާރީ ރޭޕްކުރުމަށް ފަހު ވަރަށް އިހާނެތިކޮށް މަރާލި އުމުރުން 24 އަހަރުގެ އިމްރާން އަލީގެ މައްޗަށް މަރުގެ ހުކުމް ކޮށްފިއެވެ.

ރޭޕްކުރުމަށް ފަހު ނޭވާ ހާސްކޮށްލައިގެން މަރާލައި އެއްލާލާފައި އޮއްވައި ޒައިނަބު ފެނިފައިވަނީ ކަސޫރު ސިޓީގެ ކުނިގޮނޑަކުން މިދިޔަ ޖަނަވަރިމަހުގެ ހަވަނަ ދުވަހުއެވެ.

ލާހޫރުގެ ކޯޓަކުން އިމްރާން އަލީ މަރަން ހުކުމް ކޮށްފައިވަނީ ރަހީނު ކުރުމާއި ރޭޕް ކުރުން އަދި ގަސްތުގައި މީހަކު މެރުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ. އެއިން ކޮންމެ މައްސަލައަކަށް ވަކިވަކިން މަރަން ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އިމްރާނާ ދެކޮޅަށް ގިނަ ބަޔަކު ކޯޓުގައި ވަނީ ހެކިބަސް ދީފައެވެ. އަދި ޑީއެންއޭ ޓެސްޓާއި ޕޮލިގްރާފިކް ޓެސްޓް ހިމެނޭ ގޮތަށް ގިނަ ފޮރެންސިކް ހެކިތަކެެއްވެސް އިމްރާނާ ދެކޮޅަށް ހުށަހެޅިއެވެ.

އޭގެ އިތުރުން އޭނާ ވަނީ ޒައިނަބު ރަހީނުކޮށް ރޭޕްކޮށް މަރާލި ކަމަށް ކޯޓުގައި އިއުތިރާފުވެސް ވެފައެވެ. އިއުތިރާފުވުމާ ގުޅިގެން އިމްރާނުގެ ވަކީލު ވަނީ މައްސަލައިން އަމިއްލައަށް ވަކިވެފައެވެ.

މަރުގެ ހުކުމުގެ އިތުރުން 3.2 މިލިއަން ރުޕީސްއިން ޖޫރިމަނާކޮށް އެފައިސާ ކޯޓަށް ދައްކަންވެސް އިމްރާންގެ މައްޗަށް ހުކުމް ކުރިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top