ފަތުރުވެރިކަމުގެ އާމްދަނީ އިން ބައެއް، ކައުންސިލްތަކަށް

big_9bDvodHhsccVRps4VAgBRevTP.jpg

ރޭގެޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ --ފޮޓޯ :އަހްމަދު އަޒާން،އަވަސް .

ފަތުރުވެރިކަމުން ލިބޭ އާމްދަނީން ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަން ލަސްތަކެއް ނުވެ ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނާރެސް ޕޯޓަލް އިފްތިތާހު ކުރުމާއި ކުރަނގި އޮޕަރޭޝަން ފޭސް ދޭއް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށާއި އެ ބާރުވެރިކަން ނުދޭނަމަ ކައުންސިލްތަކަށް ރައްޔިތުންނަށް އެންމެ ރަނގަޅަށް ޚިދުމަތްތައް ނުދެވޭނެ ކަމަށެވެ.

ރައްޔިތުންނާ ގުޅޭ އެފަދަ މުހިއްމު ޚިދުމަތްތައް ދޭން ސަރުކާރުން މަގުފަހިކޮށްދޭނެ ކަމަށާއި އެއީ އިޖްތިމާއީ ގޮތުންވިއަސް އަދި އިޤްތިސާދީ ގޮތުން ވިޔަސް އެކަން ކަމުގައި ބާރުވެރިކަން ސަރުކާރުން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލާއި މިކަންކަން ކުރުމާއި އެކީގައި ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން މިލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާވާ ގޮތަށް އެނިންމި ނިންމުންވެސް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އަޅުގަނޑުމެން ތަންފީޒުކުރަން ފަށާނަން” ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު އިއުލާންކޮށް އަމަލުކުރާ ގަވާއިދުގެ ތެރެއިން އެކި ފަޅުރަށްތައް ހޯދައިގެން މެދު ރާސްތާގެ ތެރެއިން އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް ކައުންސިލްތަކަށް ހުޅުވާލާފައިވާ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ފަޅުރަށްތައް އިހުތިސާސްގެ ތެރޭގައި ހިމެނުމަށް ފުރުސަތު ދެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

“ބޭނުން ވަނީ އެންމެ ފުރިހަމައަށް ކައުންސިލްތަކަށް ފުރުސަތު ދޭން. ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެންމެ އެކަށީގެންވާ ގޮތަކަށް ބައްޓަން ކުރަން ޖެހޭ މި ނިޒާމް، ކައުންސިލްތައް އެކުލަވާލުމުގައި ގެންނަން ޖެހޭ ބަދަލުތައް އަޅުގަނޑު ވާނީ ދަންނަވާފައި،” ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top